Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 23:54
ނިލަންދޫގެ ކަރަންޓާއި ނަރުދަމާގެ ނިޒާމް ފެނަކައާއި ހަވާލުކުރުން
ނިލަންދޫގެ ކަރަންޓާއި ނަރުދަމާގެ ނިޒާމް ފެނަކައާއި ހަވާލުކުރުން
ޓްވިޓަރ
ފެނަކަ ކޯޕަރޭޝަން
ނިލަންދޫގެ ކަރަންޓާއި ނަރުދަމާގެ ނިޒާމް ފެނަކައާ ހަވާލުކޮށްފި
ޚިދުމަތް ފެނަކައާއި ހަވާލު ކޮށްފައިވަނީ ބުދަ ދުވަހު

ފ. ނިލަންދޫގެ ކަރަންޓާއި ނަރުދަމާގެ ނިޒާމް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

އެ ޚިދުމަތް ފެނަކައާ ހަވާލު ކޮށްފައި ވަނީ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފެނައިކައިގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ވަހީދު ވިދާޅުވީ މިހަރު ހުރީ ތިން ޖަނަރޭޓަރު ކަމަށާއި ޖަނަރޭޓަރުތައް ހުރީ އަލުން މަރާމަތު ކުރެވޭ ހާލަތަށްވުރެ ވެސް ދަށްކޮށް ކަމަށެވެ.

Advertisement

އެހެންކަމުން އާދިއްތަ ދުވަހު ވަނީ ނިލަންދޫއަށް އެއް މެގަވޮޓްގެ ޖަނަރޭޓަރެއް ގެންދެވިފައި ކަމަށެވެ.

މީގެ ކުރިން ރަށަށް ކަރަންޓްގެ ޚިދުމަތް ދެމުން ދިޔައީ ރަށުގެ ރައްޔިތުން ކަމަށް ވުމާ އެކު ކަރަންޓްގެ އަގު ހުރީ މަތިކޮށް ކަމަށާއި ނަމަވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ފެނަކައިން ދޭން ފެށުމުން ކަރަންޓްގެ އަގުހެޔޮ ވެގެންދާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނިލަންދޫގެ ނަރުދަމާ އާއި ކަރަންޓްގެ ޚިދުމަތް އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް