Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 22:39
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
މަޖިިލިސް ރައީސް
އަފީފްއަކީ މަޖިލިސް ރައީސް ކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅާ: ރައީސް
ރައީސް ވިދާޅުވީ އަފީފް މަޖިލިސްގައި ކުރެއްވި މަސައްކަތް ދެކިވަޑައިގެންފައިވާ ކަމަށް
އަފީފް އަށް ވަރަށް ބޮޑަށް ތައުރީފްކުރެއްވި
މަޖިލީހުގެ ރައީސް ކަމަށް އަފީފް ގެންނެވުމަށް ރައީސް މަސައްކަތްކުރައްވާ ކަމަށް އަޑުތައް ފެތުރިފައިވޭ

މަޖިލިސްގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ ވިލުފުށީ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި ހަސަން އަފީފް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަޖިލިސްގެ ރައީސް ގާސިމް އިބްރާހިމް ދެއްވި ތަރާވީހެއްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސްއަށް ވަޑައިގެން ހުންނަވާ ދެއްވި އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއާ އެކުގައި ވެސް މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ ކަމަށާއި، ދެ ބޭފުޅުންނަކީ ވެސް ތަޖްރިބާކާރު ދެ ބޭފުޅުން ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ އެ މަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި މަޖިލިސްގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ ވިލުފުށީ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި ހަސަން އަފީފް ކަމަށެވެ.

"އަޅުގަނޑަށް ހަސަން އަފީފްގެ މަސައްކަތް މީގެ ކުރިން ފެނިފައި އެބަހުރި.އަޅުގަނޑަށް އަސްލަމް އާއި އެކީގައިވެސް މަސައްކަތް ކުރެވިފައި އެބަހުރި.އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހަސަން އަފީފް އަކީ މި ކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅާ" ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާ އިރު މަޖިލީހުގެ ރައީސް ކަމަށް އަފީފް ގެންނެވުމަށް ރައީސް ސޯލިހް މަސައްކަތްކުރައްވާކަމުގެ މައުލޫމާތުތަކެއް ވަނީ ލިބިފައެވެ.

އަނެއްކޮޅުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަސްލަމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. ރައީސް ނަޝީދު ގެންދަވަނީ އަސްލަމް، މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އަސްލަމް މަޖިލިސްގެ ރައީސް ކަމަށް ގެންނަން ބޭނުންވާ ވޯޓް ހަމަކުރެއްވުމުގެ މަސައްކަތް ވެސް ރައީސް ނަޝީދު ގެންދަވަނީ ކުރައްވަމުންނެވެ.

އަފީފް އާއި އަސްލަމްގެ އިތުރުން މަޖިލިސްގެ ރައީސް ކަމަށް އިތުރު ތިން ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.

ފަސް މެމްބަރުންގެ ތެރެއިން މަޖިލިސް ރައީސް ކަމުގެ ރޭހުގައި އެންމެ ވާދަވެރިކަން ބޮޑީ ވިލުފުށީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ މެމްބަރު ހަސަން އަފީފް އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މެދުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ، އަލަށް އިންތިޚާބުވެވަޑައިގަތް މެމްބަރުން މި މަހު 28 ގައި ހުވާ ކުރައްވައި ބާއްވާ ފުރަތަމަ ޖަލްސާގައެވެ. ގާނޫނުއަސާސީގައި އޮންނަނީ، މަޖިލީހުގެ ރައީސަކު ކަނޑައަޅާނީ ސިއްރު ވޯޓަކުން ކަމަށެވެ. އެ ނޫން ގޮތަކަށް ވޯޓު ނެގޭނީ މަޖިލީހުގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް