ކ. މާލެ
|
22 މެއި 2019 | ބުދަ 21:01
ރެއާލްއަށް ކުޅެމުން އަންނަ އިސްކޯ
ރެއާލްއަށް ކުޅެމުން އަންނަ އިސްކޯ
ގެޓީ އިމޭޖަސް
އިސްކޯ
އިސްކޯ ހޯދުމަށް ޔުނައިޓެޑް އަދި ސިޓީން މަސައްކަތް ކުރަނީ
އިސްކޯ ހޯދުމަށް ޔުވެންޓަސް އިން ވެސް މަސައްކަތް ކުރޭ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރ އިސްކޯ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑް އަދި މެންޗެސްޓާ ސިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ރިޕޯޓްތައް ބުނާ ގޮތުން ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް އިސްކޯ ހޯދުމަށް ޔުނައިޓެޑު އަދި ސިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭނާ 120 މިލިއަން ޔޫރޯގެ އަގަކަށް ވިއްކާލަން ރެއާލް އިން ވެސް އޮތީ ތައްޔާރަށް ކަމަށެވެ.

ޔުނައިޓެޑު އަދި ސީޓީގެ އިތުރުން އިސްކޯ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޔުވެންޓަސް ވެސް ހިމެނެއެވެ.

އިސްކޯ ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ވަނީ އާކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާ 2022 ގެ ނިޔަލަށް ކްލަބުގައި މަޑުކުރަން ޖެހޭނެއެވެ.

ވެލެންސިއާ އިން ކެރިއަރު ފެށި އިސްކޯ ވަނީ މަލާގާ އަށް ވެސް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ މަލާގާއާ އެކު ހޭދަކުރި ދެ ސީޒަނުގައި އެ ޓީމަށް ކުޅުނު 82 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފައެވެ. މަލާގާ ދޫކޮށްލުމަށް ފަހު އިސްކޯ ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރެވެ.

އޭނާ ވަނީ އެ ކްލަބުގައި މިހާތަނަށް ހޭދަކުރި ހަތަރު ސީޒަނުގައި ކުޅުނު 277 މެޗުގައި 47 ލަނޑު ކާމިޔާބުކޮށް، ލަލީގާ، ސްޕެނިޝް ސުޕަރ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ފީފާ ކްލަބް ވާރލްޑްކަޕް ތިން ފަހަރު، ޔުއެފާ ސުޕާ ލީގު ތިން ފަހަރު އަދި ކޮޕާޑެލްރޭ ކާމިޔާބުކޮށްފައެވެ.

ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އިސްކޯ ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ފީފާ ވާރލްޑްކަޕްގެ ތިން ވަނަ ސްޕެއިންއާ އެކު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް