Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 00:00
ފޮރިން މިނިސްޓަރ ޑރ. އާސިމް
ފޮރިން މިނިސްޓަރ ޑރ. އާސިމް
ގޫގުލް
ޔޫއެންއެޗްއާރްސީ
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
ރައީސް ޔާމީން އިންސާނީ ޙައްޤުތަކަށް އިސްކަން ދެއްވާ
އާސަންދަ ފޯރުކޮށްދެވުމަކީ މި ސަރުކާރުގެ ކާމިޔާބެއް
ބޭރުދުނިޔެއާއި އޮތް ގުޅުން ދަނީ ބަދަހިވަމުން

އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށް ރާއްޖެއިން ގެންގުޅޭ އުސޫލަކީ ރައްޔިތުން ބިނާކޮށް ބާރުވެރި ކުރުވުން ކަމަށް ދިވެހިރާއްޖެ ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާސިމް މިހެން ވިދާޅުވެފައިވަނީ، އދގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ 34 ވަނަ ބައްދަލުވުމުގެ ހައި ލެވެލް ސެގްމަންޓްގައި ވާހަކަދައްކަވަމުން، ހޯމަ ދުވަހުއެވެ.

އިންސާނީ ޙައްޤުތަކަކީ ރައީސް ޢަބްދުﷲ ޔާމީން ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމެއް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ތަޢުރީފު ކުރައްވަމުން މިނިސްޓަރ އާސިމް ވިދާޅުވީ، އާސަންދައިން އަގަކާއި ނުލައި ހުރިހައި ރައްޔިތުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމާއި، ކޮންމެ ކުއްޖަކީ އަސާސީ ތަޢުލީމު ލިބިގަންނަ ކުއްޖެއްކަން ކަށަވަރު ކުރުމާއި، އުމުރުން ދުވަސްވީ ފަރާތްތަކާއި ޚާއްސަ އަޅާލުމަށް ބޭނުންވާ ފަރާތްތަކަށް އެ އެހީ ފޯރުކޮށްދެވުމަކީ ފާހަގަކޮށްލެވޭ ކާމިޔާބުތަކެއް ކަމަށެވެ. ހަމަ މިއާއިއެކު އުމުރުން ދުވަސްވީ ފަރާތްތަކާއި، އެކަނިވެރި މައިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެލަވަންސް ދެވޭކަމީވެސް އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އެޅިފައިވާ މުހިއްމު ފިޔަވަޅުތަކެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ޒުވާނުންގެ ޙައްޤުތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރ ވިދާޅުވީ، ވަޒީފާ އުފައްދައިގެންނާއި ހުނަރު ދިރުވައިގެން ޒުވާނުން ބާރުވެރިކޮށް، ބައިވެރި ކުރުވުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ސިޔާސީ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން، މިނިސްޓަރ އާސިމް ވިދާޅުވީ، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ބޭރުގެ ފަރާތްތަކައި އޮތް ބަދަހި ގުޅުން ވަރަށް މުހިއްމު ރޯލެއް ކުޅެފައިވާ ކަމަށާ، އެގޮތުން އދ އަކީ ފާހަގަކޮށްލެވޭ ޖަމުޢިއްޔާއެކެވެ.

ޑރ. އާސިމްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ރާއްޖެއަކީ އެކަހެރި ކުރެވިފައިވާ ފަރާތްތަކުގެ އަޑު އުފުލުމުގެ ބާރު އޮތް ޤައުމަކަށް ވުމުން، 2018 އިން 2020 އަށްވެސް އދގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްއަށް ރާއްޖެ އިންތިޚާބުކޮށްދިނުމަށް ޤައުމުތަކުގެ ކިބައިން އެދިލައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް