އައްޑޫސިޓީގައި ބެންޑްމިންޓަން ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ) އާއި ހަވާލު ކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އޭޕީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރީ އަންގާރަ ދުވަހު އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ.
މިމަޝްރޫޢުގެ ދަށުން ހިތަދޫ ޔޫތު ސެންޓަރު އިމާރާތް ހުރި ބިމުގައި 4 ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަޤުވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް އިތުރު ވަސީލަތްތައް ހިމެނޭ ގޮތަށް ދެބުރީގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 6،061،191.4ރ ( ހަ މިލިޔަން ފަސްދޮޅަސް އެއްހާސް އެއް ސަތޭކަ ނުވަ ދިހަ އެއް ރުފިޔާ ހަތަރު ލާރި) ޚަރަދުކޮށްގެން އަޅާ މިބެޑްމިންޓަން ހޯލުގެ މަސައްކަތް ނިންމަށް ކަނޑައަޅާފައިވަނީ 120 ދުވަހުގެ ތެރޭގައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އައްޑޫސިޓީއަށް ވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫސިޓީގެ ތަރައްގީގެ 5.4 ބިލިޔަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް ވަނީ އިއުލާން ކުރައްވާފައެވެ. އެ ޕްރޮޖެކްޓަކީ ފަސް އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.