ހުޅުމާލޭގައި ފުޅިއެއް ގޮއްވާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ 22:10 ހާއިރު އާންމު ފަރާތަކުން ހުޅުމާލޭގެ 16 ވަނަ ފްލެޓް ކައިރީގައި ބާރު ގަދަ އަޑެއް އިވުނު ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ އިވުނު އަޑަކީ ބާރު ގަދަ އަޑެއް ކަމަށް އެ ފަރާތުން ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ފުލުހުން އިތުރަށް ބެލިބެލުމުން 16 އަދި 18 ވަނަ ފްލެޓް ދޭތެރޭގައި ފުޅިއެއް ގޮއްވާލާފައިވާ ކަމަށާއި ގޮއްވާލާފައިވާ ކުޑަ ފުޅިއަކީ ސަރފް ލިކުއިޑް އަޅައިގެން ގޮއްވާލި ފުޅިއެއް ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.