Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 23:47
އެމްޔޫއޯއިން މިއަދު ބޭއްވި ބައްދަލުވުން
އެމްޔޫއޯއިން މިއަދު ބޭއްވި ބައްދަލުވުން
ރާއްޖެއެމްވީ
ފ. އަތޮޅު ވިއްކާލުން
ފ. އަތޮޅު ވިއްކިޔަސް އަނބުރައި އަތުލާނަން: އެމްޔޫއޯ
ފ. އަތޮޅު ވިއްކުން ހުއްޓުވާނަން
ގާނޫނު އަސާސީ އަށް ގެނައި ބަދަލު "އުފެދުމުގައި ވެސް ބާތިލް"
އެއްބަސްވުމުގައި މާޗް މަހު ސޮއިކުރަނީ

ފ. އަތޮޅު ވިއްކުން ހުއްޓުވާނެ ކަމަށާއި، އެ އަތޮޅު ވިއްކިޔަސް އަތުލާނެ ކަމަށް އެމްޔޫއޯއިން ބުނެފި އެވެ. 

 

ސައުދީ އަރަބިއްޔާގެ ޝަހީ އާއިލާއަށް ފ. އަތޮޅު ވިއްކާލުމަށް ނިންމާފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެމްޔޫއޯއިން ހޯމަ ދުވަހު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ 

ފ. އަތޮޅު އަތޮޅު ވިއްކައި މަޝްރޫއެއް ހިންގާނަމަ އެކަން ހުއްޓުވާނެ ކަމަށެވެ. ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ކުރިން އޮތް ގޮތަށް އިޔާދަ ކުރުމަށް އެމްޑީޕީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  

 

ބިދޭސީންނަށް ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އަލުން އިސްލާހުކުރަން އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެކަމާ ދެކޮޅަށް ސަރުކާރުގެ މެމްބަރުން މަސައްކަތް ކުރައްވާނެ ކަމަށް، ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ވެސް ހިމެނިވަޑައިގެންނެވި އަދި ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގައި މަސައްކަތް ކުރެއްވި ހަސަން ލަތީފް ވިދާޅުވި އެވެ. 

އެމްޔޫއޯގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޔޫތު މިނިސްޓަރު އަދި އެމްޔޫއޯގެ ހިޔަނި ކެބިނެޓުގެ ޓޫރިޒަމް އެންޑް ގެސްޓް ހައުސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައީ ގާނޫނާ ހިލާފަށް ކަމަށާއި "އެއީ އުފެދުމުގައި ވެސް ބާތިލް އިސްލާހެއް" ކަމަށެވެ. އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގެ ވޯޓަށް އެހުމަށް އެއް ގަޑިއިރަށް ވެފައި ވަނިކޮށް ސަރުކާރަށް ނިސްބަތްވާ 58 މެމްބަރުންނަށް ބިރު ދެއްކި އޭރު ރައީސް ޔާމީންގެ ކެބިނެޓް ހިމެނިވަޑައިގެންނެވި މަލީހް ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ބޭރު  ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ފާސްކުރި އިސްލާހަށް އޭރު ތާއިދު ކުރެއްވި ބައެއް މެމްބަރުން މިހާރު އެކަމާ ހިތާމަ ކުރައްވާ ކަމަށާއި ފ. އަތޮޅު ސައުދީ ރަސްގެފާނަށް ވިއްކާލިޔަސް، އެމްޔޫއޯގެ ވެރިކަމެއް އުފެދޭތާ 24 ގަޑިއިރުތެރޭގައި އެ އަތޮޅު އަތުލާނެ ކަމަށެވެ. 

ފ. އަތޮޅު ވިއްކާލުމުގެ އަޑުތައް ބާރަށް ފެތުރެމުންދާއިރު، މަލީހު ވިދާޅުވީ އެ އަތޮޅަށް ހަދަން އުޅޭ ގޮތެއް އަތޮޅުގެ ރައްޔިތުންނަށް ވެސް ނޭނގޭ ކަމަށާއި ސަރުކާރުން ހިންގަން ހުޅޭ ކަމެއް އޮތީ ބޮޑު ސިއްރެއްގެ ގޮތުގައި ކަމަށެވެ.  ރާއްޖޭގެ ދެ ވަނަ އަށް އެންމެ ކުޑަ އަތޮޅު ކަމުގައިވާ ފ. އަތޮޅު ވިއްކާލުން ހުއްޓުވުމަށްޓަކައި އެމްޔޫއޯއިން ހަރަކާތްތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.  

 

މީހުން ދިރިއުޅޭ ފަސް ރަށެއް އޮންނަ ފ. އަތޮޅުގެ އާބާދީ އަކީ 4،100 އެވެ. މި އަތޮޅު ސައުދީ ރަސްގެފާނު ބޭނުންފުޅު ވެގެން އުޅުއްވަނީ، ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، އެ އަތޮޅުގައި ކުރިން މީހުން ދިރިއުޅެމުން ދިޔަ، ހިމިތި އާއި ހިމިތި ކައިރީގައިވާ ފަޅުތަކުގައި ދުނިޔޭގެ ފެންނަވަރުގެ ލަގްޒަރީ ސިޓީއެއް ހެދުމަށެވެ. އެ ސިޓީގައި އެއް މިލިއަން މީހުން އާބާދުކުރާނެ ކަމަށާއި މާޗް މަހުގައި ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގެން ފ. އަތޮޅުގެ އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ވަނީ ރާއްޖެއެމްވީއަށް އެނގިފަ އެވެ. 

 މިކަމާ ގުޅޭ ގޮތުން ސަރުކާރުން ރަސްމީ ބަހެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން ދާދި ފަހުން ވަނީ ކުރައްވައިފަ އެވެ. އަދި ފ. އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން ފެތުރެމުންދާ އަޑުތައް ރައީސް އޮފީހުން ދޮގެއް ނުކުރެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
1 މާރޗް 2017 | ބުދަ 01:05
ޤާނޫނީ ތަރަހަ
ރާއްޖޭގެ އަތޮޅުތަކަށާއި ރަށްތަކަށް މި ސަރުކާރުން ގެންނަން ބޭނުންވާ ތަރައްޤީ ރައްޔިތުންނަށް ހޯދައިދިނުމުގައި އެންމެ އިންޗިއެއް ފަހަތަށް ނުޖެހޭނެޢިގޭތޯ؟
27 ފެބްރުއަރީ 2017 | ހޯމަ 23:33
ހ މ ޒ
މިފަހަރު ފ ނޫ އެމްޑީޕީ ވެސް ވިއްކާލާނަން
27 ފެބްރުއަރީ 2017 | ހޯމަ 19:56
ގައުމީ ދަރި
ތިކަން އިދިކޮޅު ފަރާތްތަކުން ރަސްމީކޮށް ސައުދީއަށް އަންގަންޖެހެ. އަދި ބޭރުގެ ނޫސްތަކުގެ ސުރުހީތަކަށް އަރަންޖެހެ. އެއިރުން ތިކަން ހުއްޓޭނެ