ކ. މާލެ
|
21 މެއި 2019 | އަންގާރަ 20:36
ދިރާގު ހެޑް އޮފީސް
ދިރާގު ހެޑް އޮފީސް
ދިރާގު
ދިރާގު
ދިރާގު ރޯދަމޮމެންޓްސްގެ ފޮޓޯ ޝެއާކޮށްގެން ކޮންމެ ހަފްތާއަކު ފޯނެއް
ފޭސްބްކް އަދި ޓުވިޓާގައި ވެސް ކުރިއަށް ދާނެ
އެ ފުރުސަތު އަންނަ މަހުގެ ހަތަކާ ހަމައަށް

ދިރާގާއި ސެމްސަންގް ގުޅިގެން ރޯދަމަހަށް ހާއްސަކޮށްގެން ސޯޝަލް މީޑިއާގައި "ރޯދަމޮމެންޓްސް"ގެ ނަމުގައި ފޮޓޯ ކޮންޓެސްޓެއް ފަށައިފިއެވެ.

މިދިޔަ އަހަރު ދިރާގުން އިންސްޓަގްރާމުގައި އެކަނި ކުރިއަށް ގެންދިޔަ މި ކޮންޓެސްޓް މިއަހަރު ފޭސްބްކް އަދި ޓުވިޓާގައި ވެސް ކުރިއަށް ދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މި ކޮންޓެސްޓް ގައި އިންސްޓަގްރާމް، ފޭސްބްކް ނުވަތަ ޓުވިޓާގައި #RoadhaMoments މި ހޭޝްޓެގް ޖެއްސެވުމަށްފަހު ރޯދަ މަހުގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލައްވައިގެން ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަކަށް ސެމްސަންގް އޭ80 ފޯނެއް ލިބޭނެއެވެ.

މި ފޯނަކީ ސެމްސަންގުން އަލަށް ތަޢާރަފުކުރި ފޯނެކެވެ. މި ފޯނުގެ އެންމެ ހާއްސަ ކަމަކީ މި ފޯނުގެ ރޮޓޭޓްވާ ގޮތަށް ފަރުމާކޮށްފައިވާ 48 މެގަޕިކްސަލް ކެމެރާއެވެ.

މި ކޮންޓެސްޓް ކުރިއަށްދާނީ 7 ޖޫން 2019 ގެ ނިޔަލަށެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް އެކައުންޓް ވާންޖެހޭނީ ޕަބްލިކް އެކައުންޓަކަށް ކަމަށް ދިރާގުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް