Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 23:47
އެމްޔޫއޯއިން މިއަދު ބޭއްވި ބައްދަލުވުން
އެމްޔޫއޯއިން މިއަދު ބޭއްވި ބައްދަލުވުން
ރާއްޖެއެމްވީ
އެމްޔޫއޯ
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ
މި ހަރަކާތްވެގެންދާނީ ރާއްޖޭގައި ކުރިއަށް ގެންދާނެ އެންމެ ވާދަވެރި އެންމެ ބޮޑު ސިޔާސީ ހަރަކާތަށް

މޯލްޑިވްސް ޔުނައިޑެޓް އޮޕޮޒިޝަން (އެމްޔޫއޯ) އިން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި  ފެށުމަށް ނިންމައިފި އެވެ. 

 

އެމްޔޫއޯއިން ހޯމަދުވަހު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީން ގިނަ ކެންޑިޑޭޓުން ތަކެއް މި އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވާކަމަށާއި ރަސްމީކޮށް ކެމްޕޭން ފެށުމަށްޓަކައި ހއ. ދިއްދޫ އާއި އައްޑޫގައި ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. 

 

މި ކެމްޕޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތައް އެހެން އަތޮޅުތަކުން ވެސް އައްޑު އަށާއި ދިއްދު އަށް ކެންޑިޑޭޓުން ދާނެ ކަމަށާއި އެމްޔޫއޯއަށް ތާއިދުކުރާ ހުރިހާ ވީހާ ވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް އެމްޔޫއޯއިން އެދެ އެވެ. 

 

ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީ އާއި އެމްޔޫއޯ ގުޅިގެން އަބަދުވެސް ކުރާ މަސައްކަތަތަކީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަން ފާހަގަކޮށް އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުންކަމަށެވެ. ކެމްޕެއިން ބޮޑު ހަރަކާތުގައިވެސް މިފަދަ ކަންކަމާއި މެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވިގެންދާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

 

މި ހަރަކާތްވެގެންދާނީ މިވަގުތު ރާއްޖޭގައި ކުރިއަށް ގެންދާނެ އެންމެ ވާދަވެރި އެންމެ ބޮޑު ސިޔާސީ ހަރަކާތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. 

 

އެމްޔޫއޯއިން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ނުފެށި ނަމަވެސް، އެމްޑީޕީން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް ތާއިދު ހޯދުމަށް ހަރަކާތްތައް ހިންގަމުންނެވެ. 

 

ޖެނުއަރީ 14 ގައި ބާއްވަން ހަމަ ޖައްސާފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް 8 އަށް ލަސްކުރުމަށް ފަހު، މިހާރު ވަނީ އޭޕްރީލް 15 އަށް ލަސްކޮށްފަ އެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް