ކ. މާލެ
|
21 މެއި 2019 | އަންގާރަ 19:05
މާފުށީ ޖަލުގައި ތިބި ގައިދީންނާ ނައިބު ރައީސް ބައްދަލު ކުރައްވަނީ
މާފުށީ ޖަލުގައި ތިބި ގައިދީންނާ ނައިބު ރައީސް ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
ކަރެކްޝަނަލް ސަރވިސް
ޖަލުގޮޅި ތަޖުރިބާ ކުރެއްވި ރައީސުންނާއި ވަޒީރުން ޖަލަށް ފޮތް ހަދިޔާ ކުރައްވަނީ
އާންމުނަށް ވެސް މާދަމާ ހުޅުވާލާނެ
ބުދަ ދުވަހުން ފެށިގެން، ހޮނިހިރަށް ހަދިޔާ ކުރެވޭނެ
ފޮތް ބަލައިގަތުން އަމީނިއްޔާ ސްކޫލުގައި

ރާއްޖޭގެ ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު ބުދަ ދުވަހު އާންމުންނަށް ހުޅުވާލާނެ ކަމަށާއި ޖަލުގޮޅި ތަޖުރިބާ ކުރެއްވި ރައީސުންނާއި ވަޒީރުން ވެސް ޖަލަށް ފޮތް ހަދިޔާ ކުރައްވާނެ ކަމަށް ހޯމް މިނިސްޓްރީ ބުނެފިއެވެ.

ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފަށާނީ ބުދަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ފޮތް ހަދިޔާ ކުރުމުގެ އިންތިޒާމު އަމީނިއްޔާ ސްކޫލުގައި ވަނީ ހަމަޖައްސާފައެވެ.

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ "ރާއްޖެއެމްވީ" އަށް ވިދާޅުވީ އެ މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ދަށުން، ޖަލުގޮޅި ތަޖުރިބާ ކުރެއްވި ކުރީގެ ރައީސުންނާއި މިނިސްޓަރުންނާއި ދައުލަތުގެ އިސް ބޭފުޅުން ޖަލު ލައިބްރަރީއަށް ފޮތް ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ޖަލަށް ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު އާންމުކޮށް، ހުޅުވާލުމުގެ ގޮތުން ބުރާސްފަތި ދުވަހު ހެނދުނު އަމީނިއްޔާ ސްކޫލުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ހޯމް މިނިސްޓްރީން ބުނީ ފޮތް ކިޔުމުގެ ޝައުގުވެރިކަން ޖަލުގައި އުފައްދައި، އާންމު މައުލޫމާތާއި ހުނަރާއި ގާބިލުކަން އިތުރުކޮށް ދޭ މައުލޫމާތު ހުންނަ ފޮތްތައް ކިޔުމުގެ ފުރުސަތު ހޯދައިދީގެން ކުށުގެ ވެށިން ގިނަ ރައްޔިތުންތަކެއް ދުރުހެލި ކުރެވިދާ ކަމަށެވެ. ސަބަބަކީ ފޮތް ކިޔުމަކީ ވިސްނުމާއި ފިކުރަށް ހެޔޮ ބަދަލު ގެނެސްދޭ ކަމަކަށް ވާތީއެވެ.

އެހެންކަމުން ފޮތް ކިޔުމުގެ ތެރެއިން އަހްލާގަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް ކަރެކްޝަނަށް ސާވިސް ގުޅިގެން ހިންގާ ޕްރޮގްރާމްގައި ބައިވެރިވެ، ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު އާންމުނަށާއި މުއައްސަސާތަކަށް ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

- ކޮމެންޓް