Advertisement
ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 00:21
މީހަކު ޒަކާތްދައްކަނީ
މީހަކު ޒަކާތްދައްކަނީ
ފިޠުރު ޒަކާތް
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމުގެ ފުރުސަތު މެއި 26 އިން ފެށިގެން!
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މާލެ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަރަބިއްޔާ ސުކޫލްގައި

އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެ ފުރުސަތު ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު، 21 ރަމަޟާން 1440 (26 މެއި 2019) ވާ އާދިއްތަ ދުވަހުން ފެށިގެން 29 ރަމަޟާން 1440 (3 ޖޫން 2019) ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ. އަދި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯ ގެ މިންވަރުކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މާލެ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ،އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ(ޢަރަބިއްޔާ ސްކޫލް)ހޯލުގައެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތައް:

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް (ހުކުރު ދުވަސް ފިޔަވައި):

  • ހެނދުނު: 9:30 އިން 12:00 އަށް
  • މެންދުރުފަހު: 13:00 އިން 14:30 އަށް
  • ރޭގަނޑު: 20:30 އިން 22:30 އަށް

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ފައިސާގެ ގޮތުގައި މި ރަމަޟާން މަހު ގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރަމަޟާން މަހުގެ 16 ވަނަ ދުވަހާއި ހަމައަށް 1،655،275ރ. (އެއް މިލިއަން ހަލައްކަ ފަންސާސް ފަސްހާސް ދުއިސައްތަ ހަތްދިހަ ފަސް ރުފިޔާ) އެ މިނިސްޓްރީއަށް ވަނީ ލިބިފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ ރަމަޟާން މަހާއި އަޅާބަލާއިރު ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާއަށްވުރު އިތުރު އަދަދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް