ކ. މާލެ
|
21 މެއި 2019 | އަންގާރަ 14:59
ގާސިމް ވަނީ ޖޭޕީއަށް އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެފައި
ގާސިމް ވަނީ ޖޭޕީއަށް އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެފައި
ޝުއައިބް މުހައްމަދު އިގްބާލް
ޖުމްހޫރީ ޕާޓީ
އިންތިޚާބުގެ ނަތީޖާއަށް ފަހު ޖޭޕީ ވަނީ މަޑުޖެހިލާފައި: ޤާސިމް
ވޭތުވެދިޔަ ތާގައި ކުރެވިފައިވާ ތަޖްރިބާގެ އަލީގައި، ޖޭޕީއަށް ބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވި
ރައީސް ސޯލިހުގެ ސަރުކާރު ދެމެހެއްޓުމުގައި ޖޭޕީ އޮންނާނެ ކަމަށް ވިދާޅުވި

އިންތިޚާބުގެ ނަތީޖާއަށް ފަހު ޖުމްހޫރީ ޕާޓީ ވަނީ މަޑުޖެހިލާފަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީ އަށް މީޑިޔާގައި ހަރަކާތްތެރިވަމުން އައި އަހްމަދު އަނޫޝް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ އައި ގޮތުން ޖޭޕީއަށް މަޑުޖެހިލަން މަޖްބޫރުވީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއަށް ފަހު ސިޔާސީ މައިދާނުގައި ޖޭޕީގެ ހަރަކާތްތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ. 19 ވަނަ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އަށް ލިބުނީ ފަސް ގޮނޑި އެވެ. މަޖިލިސް އިންތިޚާބުގައި ޖޭޕީ ނިކުމެފައިވަނީ ޕީޕީއެމް، ޕީއެންސީ ކޯލިޝަނާއި އެކުގައެވެ.

ހޯމަދުވަހުގެ ރޭ ކުނޫޒްގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީއަށް ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، ވޭތުވެދިޔަ ތާގައި ކުރެވިފައިވާ ތަޖްރިބާގެ އަލީގައި ޖޭޕީއަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

"ތާ އަބަދު ހުރިހާ ކަމެއް އެއްގޮތަކަށް ނޯންނާނެ، ވޭތުވެ ދިޔަ ތަނުގައި ކުރެވުނު ތަޖްރިބާގެ އަލީގައި ޖޭޕީއަށް ބަދަލުތަކެއް ގެންނާނެ، ޖޭޕީ އަށް ގެންނަން ޖެހޭ އިސްލާހީ ބަދަލްތަކާއެކު ކުރިއަށްދާން މިހިރީ އަތުރުކުރި އޮޅާލައިގެން " ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަން ކުރެއްވި މަސައްކަތް ހަނދާން ނުނެތޭނެ ކަމަށާއި، ސަރުކާރު ނަގަހައްޓައި ދަމަހައްޓަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. ރައީސް ސޯލިހަށް ގޯނާކުރުމުގެ ގޮތުން ކުރެވޭ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ސަރުކާރުން ކުރާ ކަންތަކަކީ ގާނޫނީ އިމުގެ ތެރެއިން ކުރާ ކަންތައް ކަމުގައި ވާނަމަ އެކަމަށް ފާޑުކިޔާކަށް ނެތިން. އެކަންތައް ކުރިއަށް ގެންދިއުމަށް މި ޕާޓީން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ޝަރުއީ ދާއިރާއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓުތައް ފްރީޒުކުރި މައްސަލައަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ކޯޓުގެ ތިން މަރުހަލާ ނިމުނުއިރު ހާމަވިކަމަކީ އެކަންތަކަކީ ގާސިމްގެ މައްޗަށް ސާބިތުވާ ކަންތައް ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ އަދުލްއިންސާފު ނުލިބެނީ ވެރިކަމުގެ ފަރާތުން އަދުލްއިންސާފު ގާއިމް ކުރުމަށް ހުރަސް އަޅާތީ ކަމަށެވެ.

- ކޮމެންޓް
21 މެއި 2019 | އަންގާރަ 19:12
ޙޫނު
ޜަގަޅީ ވެސް މަޑުޖެހިފަ ތިބީޔާ ސަރުކާރުވެސް އަދި އެމްޑީޕީ ވެސް ދާނީ ކުރިޔަ ބޯ ނެ ބުރުމާ