ކ. މާލެ
|
21 މެއި 2019 | އަންގާރަ 12:31
ކޮރަޕްޝަންގެ އަމަލްތައް ހުއްޓުވުމަށް ވެމްކޯގެ ވެރިންނާޢި އޭސީސީން ވަނީ ބައްދަލު ކޮށްފައި
ކޮރަޕްޝަންގެ އަމަލްތައް ހުއްޓުވުމަށް ވެމްކޯގެ ވެރިންނާޢި އޭސީސީން ވަނީ ބައްދަލު ކޮށްފައި
ޓްވިޓަރ
އޭސީސީ
ދައުލަތުގެ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް އޭސީސީއިން މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފި
ބައްދަލުވުންތައް ކުރިއަށް ދަނީ ދައުލަތް އަދި ދައުލަތް ހިއްސާވާ ކުންފުނިތަކާޢި އެކުގައި
ވެމްކޯ އާއި އެކުގައި ވަނީ ބައްދަލުވުމެއް ބާޢްވާފައި

ދައުލަތް އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.

ކުންފުނިތަކުގައި ހިނގަމުން އަންނަ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން އޭސީސީން ވަނީ އަންގާރަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނާ ބައްދަލު ކޮށްފައެވެ.

އޭސީސީން ކުރިއަށް ގެންދާ މި ބައްދަލުވުންތަކުގައި ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަނާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާ ކަންކަމާއި އެކަމުގެ ޙައްލުތަކާމެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން 2018 ވަނަ އަހަރު ނެރުނު ކޮރަޕްޝަން އިންޑެކްސް ރިޕޯޓްގައި ރާއްޖެ އޮތީ 124 ވަނައިގައެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ ޖަރީމާ ހިގާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ތަހްގީގީ އިދާރާތަކުން ބަލަމުން އަންނައިރު، މިއީ 1.4 ބިލިޔަން ރުފިޔާގެ ބޮޑު ހިޔާނާތެކެވެ.

- ކޮމެންޓް
21 މެއި 2019 | އަންގާރަ 14:28
މަޤާމް
މަޤާމް ދިފާއުކުރުމަށް ފޫގަޅާފައި / އާއިލާ މީހުންނަށް ހޯދަދިން ފުލެޓް ކަންތައްވެސް ބަލާތި