ކ. މާލެ
|
21 މެއި 2019 | އަންގާރަ 12:05
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް
މުހައްމަދު ޝަރުހާން
އިންސާނީ ވަގުފާރި
މަކަރާ ހީލަތުން ރާއްޖެއަށް މީހުން އެތެރެކުރި އެންމެން ހޯދާނަން: ހަނަފީ
އިމިގްރޭޝަނުން 67 ކުންފުންޏެއް ދިރާސާކުރޭ
ތަހުޤީޤަށް ބޭނުންވާނެ މައުލޫމާތުތައް ހިއްސާކޮށްފައިވޭ

އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް މަކަރާއި ހީލަތުން ރާއްޖެއަށް ބިދޭސީން އެތެރެކުރާ އެންމެން ހޯދާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ހަނަފީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަކަރާއި ހީލަތް ހަދައިގެން ރާއްޖެއަށް ބޮޑެތި އަދަދުތަކުން މީހުން އެތެރެކުރި އެންމެން ހޯދުމަށް ފަހު، އެ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށައަޅުއްވާނެ ކަމަށާއި، އިންސާނުންގެ ވަގުފާރި ކުރާ ފަރާތްތައް ހާމަވާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް މީހެއް ދޫ ނުކުރާނެ ކަމަށް ވެސް ހަނަފީ ވިދާޅުވިއެވެ.

ހަނަފީ އެހެން ވިދާޅުވެފައިވާއިރު، އިމިގްރޭޝަން އޮފީހުން އާންމު ކުރި ބަޔާނެއްގައި ބުނީ، ގިނަ މަޝްރޫއުތަކަށް ބިދޭސީން ގެނައުމުގައި ސައްހަނޫން ލިއެކިއުންތަކެއް ހުށައަޅާފައިވުމާއި، މި މައްސަލަތަކުގައި އިންސާނީ ވަގުފާރިއަށް ތުހުމަތު ކުރެވޭ ކަންކަން ހުރި ކަމަށެވެ. އަދި އެކަމާ ގުޅިގެން އިމިގްރޭޝަނުން 67 ކުންފުންޏެއް ދިރާސާ ކުރިއިރު، އޭގެ ތެރެއިން 24 ކުންފުންޏެއްގެ މައްސަލަ ދިރާސާކޮށް ނިންމައި އެ މައްސަލަ ތަހުޤީޤު ކުރުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާނީ މައްސަލައާ ގުޅޭގޮތުން އިމިގްރޭޝަނަށް ލިބެން ހުރި ތަހުޤީޤަށް ބޭނުންވާނެ އެންމެހާ މައުލޫމާތުަތަކާ އެކުގައި ކަމަށާއި، އޭގެ ތެރޭގައި 24 ކުންފުނީގެ އިސް ވެރިންނާއި، ތުހުމަތު ކުރެވޭ ކަންކަމުގައި ޝާމިލުވެފައިވާ ކަމަށް ބެލެވޭ ވަކި ފަރުުދުންގެ މައުލޫމާތުވެސް ހިމަނާފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.އިމިގްރޭޝަންގެ ބަޔާނުގައި އިތުރަށް ބުނީ، ،މި މައްސަލައިގެ ތަހުޤީޤު ނިމެންދެން މި 24 ކުންފުނީގެ ހިއްސާދާރުންނާއި، މި މައްސަލައާ ގުޅުންހުރި ފަރާތްތަކަށް އިމިގްރޭޝަނުން ދެމުން ގެންދިޔަ އެންމެހާ ޚިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށާއި، އޭގެ އިތުރުން ވެސް ބިދޭސީންނާއި ގުޅުންހުރި މައްސަލަތަކުގައި އިމިގްރޭޝަނުން ދިރާސާ ކުރަމުންދާ ކުންފުނިތަކާއި ފަރުދުންގެ މައުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓާއި ހިއްސާކޮށްފައިވާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖޭގައި 1،44,607 ބިދޭސީން އުޅެއެވެ. އޭގެތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ 63،000 ބިދޭސީން ރާއްޖޭގައި މިވަގުތު ތިބި ކަމަށް އިމިގްރޭޝަނުން ބުނެފައިވާއިރު، ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެ އަށް ގެނައުމުގެ މަރުހަލާގައި ގަވާއިދާ ހިލާފު ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވުމާއި އަދި ބިދޭސީން ގެނައުމަށް ފަހު ޒިންމާތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

- ކޮމެންޓް
21 މެއި 2019 | އަންގާރަ 20:04
ކެޔޮޅު
ހަސަން އަލީ ކިޔާބޭފުޅަކު ނުފޫޒާއި ބާރުން ތިޖަރީމާ ހިންގުމުގައި އުޅުއްވި. މިހާރު އުޅުއްވަނީ ޢަދުލަށް ހުކުން ކުރެއްވުމުގަ
21 މެއި 2019 | އަންގާރަ 19:01
ޙޫނު
ލާރި ގަޑު ކޭ އެންމެން ޖަލައް ލާތި މިފަހަރު އޭރުން ބާކީ ތިބި މީހުން ހޭއަރާނީ
21 މެއި 2019 | އަންގާރަ 14:47
އަންމަޑޭ
ތީ މިހާރުވެސް ކުރަން ލަސްވެފަ ހުރި ކަމެއް....ތި މީސް މީހުން ހޯދާ ޝަރީއަތުގެ ކުރިމައްޗައްގެނެސް ބޮޑެތި އަދަދު ތަކުން ޖޫތިމަނާކޮއް ޖަލަށްލާންވީ....ލާރި ހޯދަން މި މީސް މީހުން އަނވިންނާ ދަރިންވެސް ވިއްކާާާާާާާާާފާނެ.
21 މެއި 2019 | އަންގާރަ 13:32
ހަބީބު.
ބަންގަޅިންމަދުކޮއް ރިސޯޓުތަކުގެ %80 އެއީ ދިވެހިންކަމައް ހަދަނަޖެހޭ