ކ. މާލެ
|
21 މެއި 2019 | އަންގާރަ 10:41
ބަރެސްދޫ އިންޓަގްރޭޓަޑް ރިސޯޓްގެ ޑިޒައިނެއް
ބަރެސްދޫ އިންޓަގްރޭޓަޑް ރިސޯޓްގެ ޑިޒައިނެއް
މުހައްމަދު ފަޒީން
އެންޓިކަރަޕްޝަން ކަމިޝަން
ބަރެސްދޫ ޕްރޮޖެކްޓުގެ ފައިސާ ދެއްކި މީހުން އޭސީސީއަށް އަންގަން އެދެފި
މި ޕްރޮޖެކްޓް 19 ފަރާތަކަށް ދީފައިވޭ
ޕްރޮޖެކްޓް ދީފައި ވަނީ އެއްވެސް އެގްރިމެންޓެއް ހަދައިގެނެއް ނޫން
ފައިސާ ދެއްކި މީހުން ޖޫން މަހުގެ 13 ވަނަ ދުވަހުގެ ކުރިން އޭސީސީއަށް އަންގަން އެދޭ

ބަރެސްދޫ ޕްރޮޖެކްޓަށް ފައިސާ ދެއްކި މީހުން އެންޓި ކަރަޕްޝަން ކަމިޝަން(އޭސީސީ)އަށް ފައިސާ ދެއްކުމަށް އެކަމިޝަނުން އެދެފިއެވެ.

މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދިޔަ ބަރެސްދޫ ޕްރޮޖެކްޓަށް 19 މީހެއްގެ އަތުން ފައިސާ ނަގާފައިވެއެވެ.

އޭސީސީއިން ބުނީ އެ ކޮމިޝަނުން މިހާތަނަށް ބެލިބެލުމުން ގިނަ ފަރާތްތަކަކުން އެ ޕްރޮޖެކްޓާއި ގުޅިގެން ޑިޕޮސިޓް ފައިސާ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްއަށާއި (އެމްއެމްޕީއާރުސީ) އެމްއައިޓީޑީސީއަށް ދައްކާފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ބަރެސްދޫ ޕްރޮޖެކްޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކާއި ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތުގެ ނަމާއި އެޑްރެސް / ކުންފުންޏެއްނަމަ ކުންފުނީގެ މަޢުލޫމާތާއި ޑިޕޮސިޓް ފައިސާގެ ގޮތުގައި ދެއްކި އަދަދާއި ޑިޕޮސިޓް ފައިސާ ދެއްކި ތާރީޚާއި ޑިޕޮސިޓް ފައިސާ ދައްކާފައިވާ ގޮތާއި (ނަގުދު ފައިސާ/ ޗެކް)ޑިޕޮސިޓް ފައިސާ ދެއްކިކަން އެގޭނެ އެއްވެސް ލިޔެކިޔުމެއްވާނަމަ އެ ލިޔެކިޔުމެއް އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެކަމިޝަނަށް އެންގުމަށް އެދޭ ކަމަށެވެ.

ބަރެސްދޫ ޕްރޮޖެކްޓް 19 ފަރާތްތަކަށް ދީފައިވާއިރު އެ ފަރާތްތަކަށް ދީފައި ވަނީ އެއްވެސް އެގްރިމެންޓެއް ހަދައިގެން ނޫނެވެ.

ތިންހާސް އެނދުގެ ޖާގައިގެ ބަރެސްދޫ ޕްރޮޖެކްޓް އެންމެ ފުރަތަމަ ވެސް ފަށާފައި ވަނީ ގާނޫނާ ޚިލާފަށެވެ. ބަރެސްދޫ އާއި އިންވެގެން އޮންނަ މަހަކަންފުއްޓަކީ ސަރވިސް ދިނުމަށް ގުޅުވާލާ ރަށެކެވެ. އެ މަޝްރޫއު އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ އެމްއެމްޕީއާރުސީ އިން ބިން ވިއްކާ އުސޫލުންނެވެ. އެމްއެމްޕީއާރުސީ އިން އެ މަޝްރޫއު ހިންގި އިރު 19 ފަރާތެއްގެ އަތުން އެ ޕްރޮޖެކްޓަށް 34 މިލިއަން ރުފިޔާ ވަނީ ނަގާފައެވެ.

އެމްއެމްޕީއާރުސީ އިން 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެ މަޝްރޫއު އެމްއައިޓީޑީސީ އަށް ބަދަލުކުރުމުގެ އެއް އަހަރު ކުރިން ވެސް އެމްއައިޓީޑީސީގެ ނަމުގައި ދިޔައީ ބަރެސްދޫ ޕްރޮޖެކްޓްގެ ފައިސާ ނަގަމުންނެވެ.

އެހެން ނަމަވެސް އެމްއައިޓީޑީސީ އިން ބަރެސްދޫ ޕްރޮޖެކްޓުން ފައިސާ ނަގަމުން ދިޔައީ އެމްއެމްޕީއާރުސީއާ ޚިލާފަށް ބިން ވިއްކުމުގެ ބަދަލުގައި ކުލީގެ ގޮތުގައެވެ. އެ ގޮތުން 19 ފަރާތެއްގެ އަތުން ޖުމްލަ 21 މިލިއަން ރުފިޔާ އެމްއައިޓީޑީސީ އިން ވެސް ކުލީގެ ގޮތުގައި ނަގާފައި ވެއެވެ.

މި މަޝްރޫއަށް އެކި ވިޔަފާރިތަކުން އިންވެސްޓް ކުރި ފައިސާ އެ މަޝްރޫއާ ނުގުޅޭ އެތައް ކަމަކަށް ވެސް ހޭދަ ކޮށްފަވާކަން ހާމަވާ ކަމަށް މިސަރުކާރުން އެކުންފުންޏަށް އައްޔަން ކޮށްފައިވާ އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވިއެވެ. އެ ގޮތުން ސީނިއަ މެނޭޖްމަންޓް ފެއާތަކަށް ދާން ދެ މިލިއަން ރުފިޔާ އަދި އައްޑޫ އިންޓަގްރޭޑެޓް ޓޫރިޒަމް ޕްރޮޖެކްޓަށް އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އަދި ޕްރޮޖެކްޓް ޕާމްގެ ނަމުގައި ހިންގި މަޝްރޫއަކަށް 3.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީއިންނާއި އެމްއައިޓީޑީސީއިން ވެސް ބަރެސްދޫ ޕްރޮޖެކްޓް 19 ފަރާތަށް ދިން އިރު އެއްވެސް ސައްހަ އެގްރިމެންޓެއް ހަދާފައި ނެތް ކަމަށް ރާއިދު ވިދާޅުވިއެވެ.

- ކޮމެންޓް
21 މެއި 2019 | އަންގާރަ 12:20
ބރސދ
އޯކޭ