ކ. މާލެ
|
21 މެއި 2019 | އަންގާރަ 10:07
ޝަނާޔާ ކަޕޫރު
ޝަނާޔާ ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސަންޖޭ ކަޕޫރު ދަރިފުޅު ޝަނާޔާއަށް ބޮލީވުޑަށް މަރުހަބާ ކިޔައިފި
މި ފިލްމްގައި ލީޑް ރޯލުން ފެނިގެންދާނީ ޝަނާޔާގެ ކަޒިން ދައްތަ

ބޮލީވުޑް އެކްޓަރ ސަންޖޭ ކަޕޫރު ވަނީ އޭނާގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރަށް ބޮލީވުޑަށް މަރުހަބާ ކިޔާފައެވެ.

ޝަނާޔާ ދަނީ ލަކްނޯގައި މިހާރު ޝޫޓް ކުރަމުންދާ ގުންޖަން ސަކްސޭނާގެ ބައޯޕިކްގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

ޝަނާޔާގެ ފޮޓޯއެއް ސަންޖޭ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށް ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ "ޝޫޓިން އިން 41 ޑިގްރީސް އޭޒް އެން އެސިސްޓެންޓް ޑައިރެކްޓަރ، ވާރމް ވެލްކަމް ޓު ދަ ފިލްމް އިންޑަސްޓްރީ" އެވެ.

އެފޯޓޯގައި ޝަނާޔާގެ މޫނުމަތީގައި ވަނީ ސްކާފެއް އައްސާފައެވެ. އަދި އައިނާއި ތޮފި ވެސް ވަނީ އަޅާފައެވެ.

ސަންޖޭ ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ބޮލީބުޑްގައި މަސައްކަތް ކުރަން އުޅޭ ކަމަށް ބުނެފައެވެ.

މި ފިލްމްގައި ލީޑް ރޯލުން ފެނިގެންދާނީ ޝަނާޔާގެ ކަޒިން ދައްތަ ޖާންވީ ކަޕޫރެވެ.

- ކޮމެންޓް