އުމްރާއަށް ގޮސްއުޅެނިކޮށް ގެއްލުނު ދިވެހި އަންހެން މީހާ ފެނިއްޖެއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ދިޔަ މިއަންހެން މީހާ ގެއްލުނީގެ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކ. ދިއްފުއްށި އުމުރުން 57 އަހަރުގެ މިއަންހެން މިހާ ފެނުނީ ހަރަމްފުޅާއި ގާތްގަނޑަކަށް ދެތިން ކިލޯމީޓަރު ދުރުންނެވެ. އަދި އެ މީހާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
މި އަންހެން މީހާ ގެއްލުމާ ގުޅިގެން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވެފައި ވަނީ އެމީހާ ގެއްލުނީ ސަފާ އާއި މަރްވާއާ ދެމެދު ހިނގުމުގައި އުޅެނިކޮށް ކަމަށެވެ.
މީގެ ކުރިން ވެސް ހައްޖާއި އުމްރާގެ އަޅުކަމަށް ގޮސްއުޅޭ މީހުން ގެއްލިގެން އުޅެއެވެ.