އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ތިން ދުވަހުގެ ތަމްރީންތަކެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހު 21 ވަނަ ދުވަހުގެ ހަވީރު 6:00 އިން 23 ވަނަ ދުވަހުގެ ހެނދުނު 6:00 އަށެވެ.
މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށްދާނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައެވެ. އެ ގޮތުން މި ތަމްރީނުތަކުގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ޗެކްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީންތައް ކުރިއަށްދާ ދުވަސްތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފްއިން މީގެ ދެ ހަފްތާ ކުރިން ވެސް ވަނީ ތަމްރީން ޕްރޮގްރާމްތަކެއް ބާއްވާފައެވެ.