ހުޅުމާލެ '' ލަކުޑި ޖެޓީ'' ގައި އޮތް އެމްޓީސީސީ އެކްސްޕްރެސް ލޯންޗެއްގެ ބެޓެރީ އެއް ގޮވައި ދެ މީހަކު ފިހިއްޖެއެވެ.
ފުލުހުން ބުނީ، އެ ހާދިސާ ހިނގާފައިވަނީ '' ލަކުޑި ޖެޓީ'' ގައި އޮތް އެމްޓީސީ ލޯންޗެއްގެ ޕެޓްރޯލް ޕަމްޕު ސްވިޗް ބަދަލުކުރަން އުޅުމުގެ ތެރޭގައި ސްޕާކް ވެގެން ބާރު އަޑަކާއެކު ބެޓެރީ ގޮވުމުގެ ސަބަބުން ކަމަށެވެ.
ބެޓެރީ ގޮވުމުގެ ސަބަބުން ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން ދެ މީހެއްގެ މޫނާއި އަތް ފިހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ތިން ވަނަ މީހާ އަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ ކޯޑިނޭޓަރ އާޝިޔާ ސޯލިހު ވިދާޅުވީ، 11:15 އެހާކަށް ހާއިރު ހޮސްޕިޓަލަށް ދެމީހަކު ގެނެސް ފަރުވާދެމުންދާ ކަމަށެވެ. އަނިޔާވީ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ މޫނާއި އަތް ފިހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.