Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 20:05
ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ފުލުހުން ގުޅިގެން ބޭއްވި ޕްރެސް ބްރީފިންގެ ތެރެއިން
ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ފުލުހުން ގުޅިގެން ބޭއްވި ޕްރެސް ބްރީފިންގެ ތެރެއިން
ރާއްޖެއެމްވީ
ވަގައްނަގާ ފޯނު ހޯދޭ ނިޒާމް
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
ގެއްލޭ ފޯނު ހޯދުމަށް ބޭނުންވަނީ ފޯނުގެ އައިއެމްއީއައި ނަންމަރު

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޒަމާނީ ޓެކްނިލޮޖީގެ އެހީގައި ހޯދޭނެ ފަސޭހަ ނިޒާމެއް ގާއިމުކުރެވި ހިންގަން ފަށައިފިއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގާ މި މަޝްރޫއަކީ ފަހަކަށް އައިސް ރާއްޖޭގައި ފޯނު ވަގަށް ނެގުން ގިނަވެފައިވާތީ މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހިންގަންފެށި މަޝްރޫއެކެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާ އަށް މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ޕްރެސް ބްރީފިންގައި މި ސިސްޓަމް މަސައްކަތްކުރާ ގޮތާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ކޮމިއުނިކޭޝަން އޮތޯރިޓީގެ ފަރާތުން އިލްޔާސް އަހުމަދު ވިދާޅުވީ، މި ސިސްޓަމް މަސައްކަތްކުރަނީ މޯބައިލް ނެޓްވޯކްތަކުގައި އިކުއިޕްމެންޓް އައިޑެންޓިޓީ ރެޖިސްޓަރ ތަކެއް ގާއިމުކޮށް، މޯބައިލްފޯނުގެ އައި.އެމް.އީ.އައި (އިންޓަރނޭޝަނަލް މޯބައިލް އިކްއިޕްމަންޓް އައިޑެންޓިޓީ) ނަންބަރުގެ މައްޗަށް ބިނާކޮށެވެ.

އައި.އެމް.އީ.އައި ނަންބަރަކީ ފޯނު އުފައްދާއިރު، އިލްކްޓްރޯނިކްކޮށް ކޮންމެ މޯބައިލް ފޯނެއްގައި ވެސް ސްޓޯރ ކުރެވިފައިވާ ޔުނީކް ނަންބަރެކެވެ.

ޖެނެރަލް އިންވެސްޓިޖޭޝަން ޑިޕާޓްމަންޓުގެ ފަރާތުން ސްޓާފް ސާޖަންޓް އަލީ އިސްމާއިލް ވިދާޅުވީ، މިފަދަ މަޢުލޫމާތަކީ ފޯނު ގެންގުޅޭ ކޮންމެ ފަރާތަކަށް ވެސް އެނގުން މުހިންމު މަޢުލޫމާތެއް ކަމަށާއި ފޯނު ގެއްލިގެން ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރާއިރު އެންމެ ފުރަތަމަ ވެސް ބޭނުންވާ މަޢުލޫމާތަކީ ފޯނުގެ އައި.އެމް.އީ.އައި ނަންބަރު ކަމަށެވެ.

މި ނަންބަރު ހަނދާން ނެތިއްޖެނަމަ ފުލުހުންގެ ފަރާތުން މި ނަންބަރު ޓްރޭސްކޮށްގެން ހޯދުމަށް ވަގުތު ނަގަތީ، ފޯނު ހޯދުމުގެ މަސައްކަތަށް ހަލުވިކުރުމަށް އައި.އެމް.އީ.އައި ނަންބަރު ހަނދާނުގައި ބެހެއްޓުމަކީ މުހިންމު ކަމެއްކަން ވެސް އަލީ އިސްމާއިލް ގެ ވާހަކަފުޅުގައި އަލިއަޅުވާލާފައި ވެއެވެ.

އައި.އެމް.އީ.އައި ނަންބަރު ނޭނގޭނަމަ، ފޯނުގެ ކީޕެޑުގައި #06#* ޖެހުމުން ފޯނުގެ އައި. އެމް.އީ.އައި ނަންބަރު ފޯނުގެ ޑިސްޕްލޭއަށް އަރާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. މީގެއިތުރުން އެ ފޯނާއެކު އެންމެ ފަހުން ބޭނުންކުރި ސިމްކާޑުގެ ފޯނު ނަންބަރު ބޭނުންކޮށްގެން ވެސް ގެއްލުނު ފޯނު ބޭނުން ނުކުރެވޭގޮތް ހެދުމަށް އެހީވެދޭކަމަށް އިލްޔާސް އަހުމަދު ވިދާޅުވިއެވެ. ފޯނު ގަންނައިރު ފޯނު އަޅާފައިދޭ ފޮށީގެ ބޭރުގައި ވެސް މި ނަންބަރު އޮންނާނެއެވެ.

މޯބައިލް ފޯނު ގެއްލިގެން އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ފަހެއް ނުވަތަ ހަ މައްސަލަ ހުށަހެޅޭއިރު، ފާއިތުވި 3 އަހަރުތެރޭގައި މި ނިޒާމުގެ ތެރެއިން މި މައްސަލައިގެ 40 ޕަސެންޓު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ސްޓާފް ސާޖަންޓް އަލީ އިސްމާޢިލް ވިދާޅުވިއެވެ.

މި ނިޒާމުގެ ތެރެއިން ވަގަށް ނަގާ ފޯނު ބްލޮކް ކުރުމާއި، ފޯނު ޓްރެކް ކުރެވޭނެ ގޮތް ވެސް ހެދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް