Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 20:03
ޝަރީއަތުގެ މަޖްލީހަށް ވަނުމުގެ ކުރިން ޒަރީރާއި ވިސާމް ކޯޓުގެ ބޭރުގައި މަޑުކޮށްލައިގެން
ޝަރީއަތުގެ މަޖްލީހަށް ވަނުމުގެ ކުރިން ޒަރީރާއި ވިސާމް ކޯޓުގެ ބޭރުގައި މަޑުކޮށްލައިގެން
މުހައްމަދު ޝަރުހާން
ޒަރީރުގެ ޝަރީއަތް
ޒަރީރުގެ މައްޗަށް ހިންގީ ބޭއިންސާފު ޝަރީއަތެއް: ރައީސް ނަޝީދު
ހުކުމް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވި

ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ހިންގާފައި ވަނީ ބޭއިންސާފު ޝަރީއަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

 

ދައުލަތުން ޒަރީރުގެ މައްޗަށް އުފުލި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކޮށްފައިވާ ކަމަށް ބުނާ މައްސަލަ ސާބިތުކޮށް ހޯމަ ދުވަހު ވަނީ ހުކުމް އިއްވާފައެވެ.

 

ޒަރީރުގެ މައްޗަށް އުފުލި ދައުވާއާ ގުޅިގެން އޭނާ މައްޗަށް ހުކުމް އިއްވާފައި ވަނީ 3،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.

 

އެ ހުކުމަށް އިޝާރާތް ކުރައްވައި، އެއީ ބޭއިންސާފުން ކޮށްފައިވާ ހުކުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

 

ހޯމަ ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "އާދަމް ޒަރީރުގެ މައްޗަށް ހިންގާފައިވަނީ ބޭއިންސާފު ޝަރީއަތެއް، ހުކުމް ބަދަލުކުރަންޖެހޭ" ކަމަށެވެ.

 

ޒަރީރުގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއެއްގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައެވެ.

 

މިމައްސަލައިގައި ޒަރީތުގެ އިތުރުން ރާއްޖެޓީވީގެ ނޫސްވެރިޔާ މުޙައްމަދު ވިސާމްގެ މައްޗަށް ވެސް ދައުވަ އުފުލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް