ކ. މާލެ
|
21 މެއި 2019 | އަންގާރަ 00:21
އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުގެ މަޤާމަށް މަޤާމަށް އައްޔަނުުކުރެއްވި މައްޗަންގޮޅީ އެރިޒޯނާ މަރްޔަމް ނާޒިމާ
އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުގެ މަޤާމަށް މަޤާމަށް އައްޔަނުުކުރެއްވި މައްޗަންގޮޅީ އެރިޒޯނާ މަރްޔަމް ނާޒިމާ
ރައީސް އޮފީސް
އިކޮނޮމިކް މިނިސްޓްރީ
އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް ނާޒިމާ
އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުގެ މަޤާމަށް މަޤާމަށް އައްޔަނުުކުރެއްވީ މައްޗަންގޮޅީ އެރިޒޯނާ މަރްޔަމް ނާޒިމާ
ނާޒިމާއާއެކު އިކޮނޮމިކް މިނިސްޓްރީގެ ނައިބުންގެ އަދަދު 4 އަށްއެރީ

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި އެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުގެ މަޤާމަށް މަޤާމަށް އައްޔަނުުކުރެއްވީ މަރްޔަމް ނާޒިމާ އެވެ.

މަރްޔަމް ނާޒިމާ އަކީ މީގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަންކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ނާިމާ ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސްގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއީމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމު ވެސް ހިމެނެއެވެ.

މަރްޔަމް ނާޒިމާ ވަނީ އިންޑިޔާގެ ނިއު ދިއްލީއިން މާސްޓަރސް އިން ހިއުމަން ރިސޯސަސް ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓް ހާސިލު ކުރައްވައި، އޮސްޓްރޭލިއާއިން ބެޗެލަރ އޮފް ކޮމަރސް އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް ހާސިލްކުރައްވާފައެވެ.

ނާޒިމާއާއެކު އިކޮނޮމިކް މިނިސްޓްރީގެ ނައިބުންގެ އަދަދު 4 އަށްއެރީ އެވެ. އިކޮނޮމިކް މިނިސްޓްރީގެ ނައިބުންގެ ގޮތުގައި މިހާރު ތިއްބަވަނީ އާމިނަތު މުޙައްމަދު ސަލީމާއި، މަރްޔަމް ވިސާމާއި، ޙުސައިން ޒާމިރު އެވެ.

- ކޮމެންޓް