Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 19:41
އަހުމަދު އަސްރަފް (ޝުމްބާ) އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
އަހުމަދު އަސްރަފް (ޝުމްބާ) އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ޓްވިޓަރ
ޝުމްބާ
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި
ޝަރީޢަތް ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ހާމަކޮށްފައެއް ނުވޭ

ބިރުދެއްކުމުގެ ކުށުގެ ދައުވާކޮށް، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ އަހަރެއްހާ ދުވަސް ފަހުން ކްރިމިނަލް ކޯޓުގައި ތާވަލް ކުރި އެ މައްސަލަ ލެންސަލް ކޮށްފިއެވެ.

ޝުންބާގެ މައްސަލަ ހޯމަ ދުވަހު ކްރިމނަލް ކޯޓުގައި ތާވަލް ކޮށްފައި އޮތީ މެންދު 1:00 އަށެވެ. މައްސަލަ ކެންސަލް ކުރިއިރު ޝުންބާ ވަނީ ކޯޓަށް ހާޒިރު ކޮށްފައެވެ. ނަމަވެސް މައްސަލަ ކެންސަލް ކުރި ވަކި ސަބަބެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ،

އަޝްރަފްގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމުގެ ކުށުގެ ދައުވާ އެވެ. 2015 ވަނަ އަހަރުގެ އޮކްޓޯބަރުގައި އުފުލި ދައުވާގައި ބުނާ ގޮތުން، އަޝްރަފް ބިރު ދައްކާފައިވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ނިޔުޕޯރޓް ރެސްޓޯރެންޓް ހިންގާ ޒާހިދު ރަމީޒު އަށެވެ.

އެ ދައުވާގެ ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް އަޑުއެހުމެއް ތާވަލުކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ.

އަހަރެއްހާ ދުވަސް ފަހުން ހޯމަ ދުވަހުގެ މެންދުރަށް ތާވަލް ކުރި މި އަޑުއެހުމުގައި ކުރިއަށް ގެންދަން ނިންމާފައި އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނެގުމެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޒާހިދު ވަނީ، އޭނާ އަށް ވައިބާ އާއި އެސްއެމްއެސް މެދުވެރިކޮށް އަޝްރަފް މަރުގެ އިންޒާރު ދީފައިވާ ކަމަށް ހެކި ބަސް ދީފަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި އަޝްރަފް ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، ބަންދުގައި ބަހައްޓައިގެން އަޝްރަފް އަށް އަނިޔާކުރަމުންދާ ކަމަށް ބުނާ މައްސަލަތަކެއް އިންޓަގްރިޓީ ކޮމިޝަނާއި، އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގެ ތަހުގީގު ނިންމައި އަދި މިހާތަނަށް މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް