ކ. މާލެ
|
18 މެއި 2019 | ހޮނިހިރު 18:51
އެމްއެމްޕީއާރްސީން ކުރިއަށް ގެންދިޔަ ސެމިނަރގެ ތެރެއިން
އެމްއެމްޕީއާރްސީން ކުރިއަށް ގެންދިޔަ ސެމިނަރގެ ތެރެއިން
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން 11 ސަރަހައްދެއްގައި މާކެޓިންގ ސެމިނަރތައް ހިންގައިފި
ލޯކަލް އައިލަންޑް ޓުއަރިޒަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭއްވި ސެމިނަރތަކެއް
177 ބައިވެރިން މި ސެމިނަރގައި ބައިވެރިވެރިވެފައިވޭ

އެމްއެމްޕީއާރްސީއިން އިންތިޒާމުކޮށްގެން ރާއްޖޭގެ ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން 11 ސަރަހައްދެއްގައި މާކެޓިންގ ސެމިނަރތަކެއް ހިންގައިފިއެވެ.

މި ސެމިނަރތަކަކީ އެމްއެމްޕީއާރްސީ އާއި މޯލްޑިވްސް ގެޓްއަވޭސް އަދި ދިވެހިރާއްޖޭގެ ގެސްޓްހައުސް އެސޯސިއޭޝަން ގުޅިގެން ހިންގި ސެމިނަރތަކެކެވެ.

އެމްއެމްޕީއާރްސީން ބުނީ މި ސެމިނަރތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ، ސަރުކާރުގެ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ލޯކަލް އައިލަންޑް (ގެސްޓްހައުސް) ޓުއަރިޒަމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މި މާކެޓިންގ ސެމިނަރތައް ބާއްވާފައި ވަނީ 19 މާރޗް އިން 10 މޭއި ގެ ނިޔަލަށް އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދިގުރަށް، ވ. ތިނަދޫ، ކ. މާފުށި، ބ. ދަރަވަންދޫ، ހދ. ހަނިމާދޫ، އަޑޫ ސިޓީ، ލ. ގަން، ގދ. ތިނަދޫ އަދި މާލޭގައެވެ.

އެމްއެމްޕީއާރްސީން ބުނީ ޖުމްލަ 177 ބައިވެރިން މި ސެމިނަރގައި ބައިވެރިވެފައިވާއިރު، މި ސެމިނަރގައި އަލިއަޅުވާލާފައި ވަނީ ޓުއަރިޒަމް އިންޑަސްޓްރީ ސްޓެޓިސްޓިކްސް އެންޑް ޓްރެންޑްސް، ހޮޓެލް ޑިސްޓްރިބިއުޝަން ޗެނަލް މެނޭޖްމަންޓް، ހޮޓެލް ރެވެނިއު މެނޭޖްމަންޓް އަދި އޮންލައިން އެންޑް ސޯޝަލް މީޑިއާ މާކެޓިން އަށް ކަމަށެވެ.

މުޅި ޖުމްލަ މި ސެމިނަރތަކަށް ދެ ލައްކަ ސާޅީސް ހަތަރު ހާސް ފަސްދޮޅަސް ދެ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

ގެސްޓްހައުސް ވިޔަފާރިއަކީ ދިވެހިރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ މުހިއްމު އަދި ކުރިއަރަމުން އަންނަ ވިޔަފާރިއެކެވެ. މިވަގުތު 548 ގެސްޓްހައުސް ދަނީ ރައްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

ގެސްޓް ހައުސް އާއި ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރާއްޖެ އަށް ޒިޔާރަތްކުރާ ޓުއަރިސްޓުންގެ އަދަދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އެމްއެމްޕީއާރުސީން ކުރަމުން އަންނަ އިު ގެސްޓްހައުސްތައް ޕްރޮމޯޓްކުރުމަށް ރާއްޖެއިން ބޭރުގައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް