ކ. މާލެ
|
18 މެއި 2019 | ހޮނިހިރު 13:53
ކުޑަކުއްޖެއް. ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ދަނީ ބަލަމުން
ކުޑަކުއްޖެއް. ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ދަނީ ބަލަމުން
ޕޮލިސް
މޯލްޑިވްސް ޕޮލިސް ސަރވިސެސް
ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަނީ
ފުލުހުން އެމައްސަލަ ބަލަން ފަށާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން

ގްރޭޑް ތިނެއްގައި ތައުލީމު ހާސިލު ކުރަމުންދާ ނުވަ އަހަރުގެ އަންހެން ކުއްޖަކަށް އެކުއްޖާގެ ދެ ބޭބެއަކު ޖިންސީ ގޯނާ ކުރާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަ ލިބޭ ކަމަށް އަތޮޅުތެރެއިން ރިޕޯޓް ކޮށްފައިވާ ކަމަށާއި އެމައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި އެމައްސަލައިގައި ތުހުމަތު ކުރެވެނީ އެކުއްޖާގެ 13 އަހަރުގެ ބޭބެއަކާއި 16 އަހަރުގެ ބޭބެއަށް ކަމަށެވެ. ތުހުމަތުކުރެވޭ ދެ ބޭބެ ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ހާމަ ނުކުރެއެވެ.

ފުލުުހުން ބުނީ، ޖެންޑާ މިނިސްޓްރީގެ ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ (އެފްސީއެސްސީ) އާ ގުޅިގެން މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ޖެންޑާ މިނިސްޓްރީން ވެސް ވަނީ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކަ ކުރި މައްސަލަ އެ މިނިސްޓްރީން ބަލަމުންދާ ކަމަށް ބުނެފައެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ މިފަދަ އެކި އަނިޔާ ތަކަކީ ފުލުހުން ވަރަށް ސީރިއަސް ކަމާއެކު ބަލަމުން އަންނަ މައްސަލަތަކެއް ކަމަށެވެ. މިމައްސަލައަކީ ހުސް ކުޑަކުދިންތަކެއް ހިމެނޭ މައްސަލައެއް ކަމުން އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެއެވެ.

- ކޮމެންޓް
18 މެއި 2019 | ހޮނިހިރު 16:49
ޒަބަރު
9 އަހަރު ކީއްކުރަން. މައިމީހާ އުނގުގަ ކިރުބޯން އޮންނަ ޅަކުއްޖާޔާވެސް ބެހޭނެ މިއުޅޭ ކުޑަކުދިން. އެހެންނުވާނީ. ވިހާތަނުން އޮންނަނީ މޮޅު ފީނު ދީފަ ކޮއްމެ މަހަކު އަންލިމިޑެޑް ޑާޓާ އަޅާދީފަ. ދެން ސެއްލައެއްނު