ކ. މާލެ
|
18 މެއި 2019 | ހޮނިހިރު 14:42
ވިލުފުށީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ ހަސަން އަފީފް
ވިލުފުށީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ ހަސަން އަފީފް
ރާއްޖެއެމްވީ
19 ވަނަ މަޖިލީހުގެ ރައީސް
މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް "ލޮބީ" ކުރައްވަނީ އަފީފް އަށް!
ރައީސް ގެންދަވަނީ އަފީފްއަށް ތާއީދް ހޯއްދެވުމަށް ޕާލަމެންޓްރީ ގްރޫޕް މެމްބަރުންނާއި ވާހަކަދައްކަވަމުން
ރައީސް ނަޝީދު ގެންދަވަނީ އަސްލަމަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން

މަޖިލިސްގެ ރައީސް ކަމަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު "ލޮބީ" ކުރައްވަމުން ގެންދަވަނީ ވިލުފުށީ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންފައިވާ ހަސަން އަފީފަށް ކަމަށް އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ސޯލިހު ގެންދަވަނީ އަފީފްއަށް ތާއީދް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންނާއި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަފީފްއަށް 45 ވޯޓް ހަމަކުރެއްވުމުގެ މަސައްކަތް ރައީސް ސޯލިހު ގެންދަވަނީ ކުރައްވަމުންނެވެ.

އަފީފް އެންމެ ފުރަތަމަ މަޖިލިސް މެމްބަރުކަން ކުރެއްވީ 1990 ވަނަ އަހަރުގައެވެ. ތ. އަތޮޅުގެ މެމްބަރުކަން 20 އަހަރުވަންދެން އަފީފް މީގެ ކުރިން ކުރައްވާފައިވާއިރު، ގާނޫނުއަސާސީ އިސްލާހުކުރަން އުފެއްދި ހާއްސަ މަޖިލިސްގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމިޓީގެ މެމްބަރުކަން އަފީފް ވަނީ ކުރައްވާފައެވެ. އަފީފްއަކީ އެންމެ ފުރަތަމަ އެކުލަވާލި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ރައީސް ސޯލިހު އަފީފް މަޖިލިސް ރައީސް ކަމުގެ މަގާމަށް ގެނައުމަށް "ލޮބީ" ކުރައްވަމުން ގެންދަވާއިރު ،އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މަޖިލިސް ރައީސް ކަމަށް ގެންނަވަން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރައީސް ނަޝީދު ގެންދަވަނީ އަސްލަމް މަޖިލިސްގެ ރައީސް ކަމަށް ގެންނަވަން ބޭނުންވާ 45 ވޯޓް ހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ސޯލިހާއި، ރައީސް ނަޝީދު އާއި ދެ ބޭފުޅުން ވެސް މަޖިލިސް ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވައިފައިވާ ދެ ބޭފުޅަކަށް ތާއީދު ކުރެއްވި ނަމަވެސް އެބޭފުޅުންގެ މެދުގައި އޮތް ގުޅުމަށް ހީނަރުކަމެއް އައިސްފައި ނެތް ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އަސްލަމް ވަނީ މަޖިލީހުގެ މެމްބަރުކަން 15 އަހަރުވަންދެން ކުރައްވާފައެވެ.

މަޖިލިސްގެ ރައީސް ކަމަށް ކުރިމަތިލުމަށް ބޭނުންފުޅު ބޭފުޅުންނަށް އެކަން ހުށަހެޅުމަށް އެމްޑީޕީން އަދި ފުރުސަތު ހުޅުވާލާފައެއް ނުވެއެވެ. އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެފައިވަނީ މަޖިލިސްގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަގުތު އޮއްވައި ހުޅުވާލާނެ ކަމަށެވެ.

މަޖިލިސްގެ ރައީސް ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ފަސް ފަރާތަކުންނެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ވިލުފުށި ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް،މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.

- ކޮމެންޓް
18 މެއި 2019 | ހޮނިހިރު 16:02
ޖާދޫ
ރައިސް ސޯލިހު ތިކުރާ ކަންކަން ކަޑަ. ރައިސް ނަޝީދުގެ 100 ޕަސެންޓު ތާއިދާއެކު އެމްޑީޕީން ރައިސް ސޯލިހް ގެންނަވާފައެވަނީ. ރައިސް ސޯލިހްވެސް ކަންތައް ކުރައްވަނީ ޔާމިން ކަންކުރެއްވި ގޮތަށް. ދިވެހިރާއްޖޭގެ ރައިސްކަމަށް އާދެވުނީމަ ޕާޓީގެ ރައިސްގެ ނިންމުމަށް އިހްތިރާމް ކުރުމެއް ނެތް. ނިމިދިޔަ މަޖިލީސް އިންތިހާބުގަ ރޢިސް ސޯލިހް ކަންތައް ކުރެއްވީ ރައިސް ނަޝީދާ އިދިކޮޅަށް.
18 މެއި 2019 | ހޮނިހިރު 15:33
އަތޮޅިވެހި
އެންމެރަގަޅުވާނީ ހަސަންނެ
18 މެއި 2019 | ހޮނިހިރު 15:13
އަރިސްނާ
އަފީފުއަކީ ކުރީގެ ހޯމްމިނިސްޓަރުކަމަށް ހުރިއިރު ވެސް މަސްއޫލިއްޔަތު އަދާނުކުރެވި މުޅި އޭރު މުޅި މުއައްސަސާ ބޮއްސުންލާ ހަލާކު ކޮއްލާފައެވެ. އަފީފުއަކީ ކަމަށް ގާބިލް ބޭފުޅެއްކަމަށް އަޅުގަނޑު ނުދެކެމެވެ.