ކ. މާލެ
|
18 މެއި 2019 | ހޮނިހިރު 13:41
ުރުއްގަހާޢި ބެހޭ ގަވާއިދު އިސްލާހު ކުރަން އާންމުންގެ ހިޔާލު ހޯދަނީ
ުރުއްގަހާޢި ބެހޭ ގަވާއިދު އިސްލާހު ކުރަން އާންމުންގެ ހިޔާލު ހޯދަނީ
ގޫގުލް
ރުއްގަހާއި ބެހޭ ގަވާއިދު އިސްލާހު ކުރުން
ރުއްގަހާއި ބެހޭ ގަވާއިދު އިސްލާހު ކުރަން އާންމުން ޚިޔާލު ހޯދަނީ
ފޯރަމް އޮތީ 21 މެއިގައި

ރުއްގަސް ކެނޑުމާއި، އުފުރުމާއި،ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިއުމާއި ބެހޭ ގަވާއިދަށް އިސްލާހު ގެނައުމަށްޓަކައި އާންމުންގެ ހިޔާލު ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފިއެވެ.

މި ކަމާއި ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިއުމާއި ގުޅޭ ގޮތުން ބާއްވާ ފޯރަމްއެއް ބާއްވަން ނިންމާފައިވާ ކަމަށާއި، އެ ފޯރަމްގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ފޯރަމް އޮތީ 21 މެއިވާ އަންގާރަދުވަހުގެ ރޭ 9.30 އިން 11.30 އަށް ސަލްޓަންޕާރކް (އެންފިތިއޭޓަރ) ގައެވެ.

ރުއްގަހާއި ބެހޭ ގަވާއިދަށް އިސްލާހު ގެންނަން މިނިސްޓްރީން ނިންމާފައިވާ، މި ދަނޑިވަޅަކީ ރާއްޖޭގެ އެކި ހިސާބުތަކުން އެކި ބޭނުންތަކަށް، ރުއް ގަސް އުފުރަމުން އަންނާތީވެ، އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންދާ ދަނޑިވަޅެކެވެ.

ދާދި ފަހުން އައްޑޫ ސިޓީ ސްކެއާ ހެދުމަށް އެތާގައި އިންދާފައިވާ ރުއްތަކުގެ ތެރެއިން 26 ރުއް ކަނޑާލުމުން، މީސްމީޑިޔާގައި ގިނަ ބަޔަކު ވަނީ ކަންބޮޑުން ފާޅުކޮށްފައެވެ. ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވުމާއެކު، ސިޓީ ކައުންސިލުން ވަނީ އެ 26 ރުކުގެ ބަދަލުގައި 52 ރުއް އިންދާފައެވެ.

- ކޮމެންޓް