ކ. މާލެ
|
17 މެއި 2019 | ހުކުރު 12:39
ދަސްވެނިމުމުގެ ދަރުބާރުގެ ތެރެއިން
ދަސްވެނިމުމުގެ ދަރުބާރުގެ ތެރެއިން
ރައީސް އޮފީސް
ސްކޮލަރޝިޕް
ހައި އެޗީވަރސް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ ސާނަވީ އިމްތިހާނުގެ ފަސް އޭފާސް އޮތުމުން

ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުތު ހަމަވާ ދަރިވަރުންނަށް އެ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކުރިން ކިޔެވެނީ ސާކް ގައުމުތަކުގެ އިތުރުން މެލޭޝިއާ، ފިލިޕީންސް ތައިލެންޑްގެ އިތުރުން ޗައިނާއިންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ވަނީ ހައި އެޗީވަރސް ސްކޮލަރޝިޕްގައި އޯއީސީޑީގެ ގައުމުތަކުން ކިޔެވޭގޮތަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހަމަޖައްސާފައެވެ.

މި ސްކޮލާޝިޕަށް ޝަރުތު ހަމަވާނީ ރާއްޖޭގެ ސްކޫލުތަކުގެ ގުރޭޑް 10 ނިންމާ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ފަސް އޭ ފާސް ހޯދާފައިވާ ދަރިވަރުންނަށެވެ. އަދި މި ފަސް މާއްދާގެ ތެރޭގައި އިސްލާމާއި ދިވެއްސެއް ނުހިމެނެ އެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕް ސްކީމަކީ އޯއީސީޑީ ގައުމުތަށް ހިމެނޭގޮތައް ދުނިޔޭގެ ފެންވަރު ރަނގަޅު ޔުނިވާރސީޓީތަކުން ކިޔެވޭ ސްކީމަކަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކމުގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

- ކޮމެންޓް