ރާއްޖެ.އެމްވީގެ އައު ވެބްސައިޓް ލޯންޗުކޮށްފި އެވެ.
ރާއްޖެ.އެމްވީގެ އައު ވެބްސައިޓް ލޯންޗުކޮށްދެއްވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު އެވެ.
"ރާއްޖެ.އެމްވީ"އަކީ ރާއްޖެ ޓެލެވިޒަނުން ހިންގާ ވެބްސައިޓެކެވެ.
މި ވެބްސައިޓްގައި ސިޔާސީ، އިޖްތިމާއީ، ވިޔަފާރި، ކުޅިވަރު، މުނިފޫހި ފިލުވުމުގެ ޚަބަރުތަކާއި، ސިއްޚަތާއި، ލައިފް ސްޓައިލް އަދި ބައިނަލްއަޤްވާމީ މަޝްރަހުގެ ޚަބަރުތަކުގެ އިތުރުންވެސް ކިޔުންތެރިން ޝައުގުވެރިވާނެ އެތައް ބައިތަކެއް ވަނީ ހިމަނާފައެވެ.
މި ވެބްސައިޓްގެ ބޭނުމަކީ ކިޔުންތެރިންނަށް ހަލުވި ކަމާއި އެކު ތެދު މައުލޫމާތު ފޯރޮކޮށްދިނުމެވެ.