Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 17:27
ބ. މުތާފުށި: އެސްޓީއޯގެ މާލީހާލަތު ތަންނުދޭ ކަމަށް ބުނެ އެއްވެސް މަސައްކަތެއް މިރަށުގައި ނުކުރޭ
ބ. މުތާފުށި: އެސްޓީއޯގެ މާލީހާލަތު ތަންނުދޭ ކަމަށް ބުނެ އެއްވެސް މަސައްކަތެއް މިރަށުގައި ނުކުރޭ
ގޫގުލް
ޓޫރިޒަމް
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
އެސްޓީއޯ އަށް ދިނީ 2010 ވަނަ އަހަރު
އެސްޓީއޯއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރީ 2015 ގައި
އެސްޓީއޯ އިން އެ ރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ

ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ވަނީ، ބ. މުތާފުށި ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަކަށް އެދިފައިވާ ކަމަށް ބުނެފަ އެވެ.

އިއުލާނުގައި ބުނެފައި ވަނީ އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ 14 ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީ އަށް ލިޔުމުން ހުށަހެޅުމަށް ހުޅުވާލާފަ އެވެ.

މުތާފުށި އެސްޓީއޯއާ ހަވާލުކުރީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެވެ. 50 އަހަރަށް އެސްޓީއޯ އަށް އެ ރަށް ދޫކޮށްފައިވަނިކޮށް، 2015 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ އެސްޓީއޯއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފަ އެވެ.

މުތާފުއްޓާ ގުޅިގެން 2013 ވަނަ އަހަރުގެ ތެރޭގައި އެސްޓީއޯ އިން ބުނެފައިވަނީ، އެ ރަށުގައި އިންވެސްޓްމެންޓެއް ކުރުމަށް އެ ކުންފުނީގައި މާލީ ހާލަތު ތަންނުދޭ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި އެސްޓިއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މުތާފުށި ސައިޒުން ކުޑަވުމުގެ ސަބަބުން އެ ރަށް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

މުތާފުށީގެ ބަދަލުގައި ސަރުކާރުން ވަނީ އެސްޓީއޯ އަށް ނ. އެކުޅިވަރު ކިޔާ ފަޅުރަށް ދީފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް