ކ. މާލެ
|
16 މެއި 2019 | ބުރާސްފަތި 08:52
މިސްރުގެ މަގެއްގެ މަތީގައި ބަޔަކު ރޯދަވިއްލުމަށް ތައްޔާރުވަނީ
މިސްރުގެ މަގެއްގެ މަތީގައި ބަޔަކު ރޯދަވިއްލުމަށް ތައްޔާރުވަނީ
ގަލްފް ޓައިމްސް
މިސްރު
ދުނިޔޭގެ އެންމެ ބޮޑު ރޯދަވިއްލުން ބޭއްވުމަށް މިސްރުން ތައްޔާރުވަނީ!
ރޯދަވިއްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހު ފަހުކޮޅު

''މިސްރުގެ ވެރިރަށުގައި ރޯދަވިއްލުން'' ސްލޯގަންގެ ދަށުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރޯދަވިއްލުން ބާއްވަން މިސްރުން ތައްޔާރުވެއްޖެއެވެ.

މިސްރުގައި މިހާރު ތަރައްގީ ކުރަމުންދާ އެގައުމުގެ އިދާރީ ވެރިރަށުގެ އެޑްމިނިސްޓްރޭޓިވް ކެޕިޓަލް ފޯ އާބަން ޑިވޮލޮޕްމެންޓު (އޭސީޔޫޑީ) އިން އިންތިޒާމް ކުރާ އެ ރޯދަ ވީއްލުން ވެގެންދާނީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްތަނެއްގައި އެއް ފަހަރަކާ ބާއްވަ ރޯދަ ވިއްލުމަށް ކަމަށް ކުންފުނިން ނެރުނު ބަޔާނެއްގައިވެއެވެ.

މިހާރު އެ ރިކޯޑް އޮތީ އެކުވެރި ޔޫއޭއީގައެވެ. ނިމިގެން ދިޔަ އަހަރުގެ ރޯދަމަހު ޔޫއޭއީގެ އަޖްމަން މުނިސިޕަލްޓީއާ ޕްލޭނިންގ ޑިޕާޓްމެންޓު ގުޅިގެން ބޭއްވި އެ ރޯދަ ވިއްލުމުގައި 2،893.64 (ދެހާސް އަށްސަތޭކާ ނުވަދިހަ ތިނެއް ޕޮއިންޓް. ފަސްދޮޅަސް ހަތަރު) މީޓަރު ދިގު މޭޒެއް ވަނީ ރޯދަ ވިއްލުމަށް ބޭނުންވާ ތަކެތި ބަހައްޓަން ބޭނުންކޮށްފައެވެ.

ޔޫއޭއީގެ އެކި ހިސާބުތަކުން މީހުންނަށް ދައުވަތު ދިން އެ ރޯދަވިއްލުމުގައި 6000 މީހަކު ވަނި ބައިވެރިވެފައެވެ.

ރަމަޟާން މަހުގެ ފަހު ފަނަރައިގެ ދުވަސްތަކުން ދުވަހެއްގައި މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޯދަ ވިއްލުމަށް ގައުމުގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަ ބަޔަކު އައުމަށް އޭސީޔޫޑީން ވަނީ ދައުވަތު ދީފައެވެ.

މިސްރުގައި ރިކޯޑް އަދަދަކަށް މީހުން އެންމެ ފަހުން ރޯދަ ވިއްލީ 2015 އަހަރުގެ ރޯދަމަހު އެލެކްސެންޑްރިއާ ސިޓީގައެވެ. އަލަށް ހަދަމުންދާ އެގައުމުގެ އިދާރީ ވެރި ރަށުގެ ބިންގާ ރައީސް އަބްދުލް ފައްތާހް އެލް ސިސީ އެޅުއްވީ ނިމިގެން ދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

އެ ސިޓީގައި މީހުން ދިރިއުޅޭ 20 ސަރަހައްދެއް ހަދައި 6.5 މިލިއަން މީހުންނަށް ތިބެވޭ ވަރުގެ ޖާގާ ހެދުމަށް ވަނީ ނިންމާފައެވެ. އެތަނުގައި 1250 (އެއްހާސް ދުއްސައްތަ ފަންސާސް) މިސްކިތާ ފައްޅިއްތަކުގެ އިތުރުން 5000 (ފަސް ހާސް) މީހުންގެ ޖާގަ ހުންނާނެ ކޮންފަރެންސް ހޯލެއް ގާއިމްކޮށް 2000 (ދެހާސް) ސްކޫލު ހެދުމަށް ވަނީ ނިންމާފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޕާކްވެސް އަޅަން ނިންމާފައިވަނީ ވެސް އެ ސީޓީގައެވެ.

- ކޮމެންޓް