ކުރީގެ ނައިިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޕީޕީއެމް އޮފީހަަށް ވަޑައިގެން، އެ ޕާޓީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބް ރައީސްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި ޖަމީލް ޕީޕީއެމް އޮފީހަށް ވަޑައިގެންފައިވަނީ ތާރާވީހެއްގައި ބައިވެރިވަޑައިގަތުމަށެވެ. އެ ތަރާވީހުގައި އަބްދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މިއީ، ޖަމީލް ނައިބް ރައީސަކަމުން ވަކިކުރިފަހު ދެބޭފުޅުން އެކުގައި ބައްދަލުކުރެއްވި ފުރަތަމަ ފަހަރު އެވެ.
ނިމިދިޔަ މަޖިލީސް އިންތާހުބައިވެސް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި ޖަމީލް ޕީޕީއެމް އޮފީހަށް ވަޑައިގެންނެވި އެ ބައްދަލުވުމުގައި ޕީޕީއެމްއެމާއި، ޕީއެންސީގެ އިސް ބޭފުޅުންނައި ބައްދަލުކުރައްވާފަ އެވެ. އެގޮތުން ޕީއެންސީގެ ނައިބް ލީޑަރުކަން ކުރައްވާ އަހުމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިިދާޅުވީ ޖަމީލަކީ ސިޔާސީގޮތުން ވަރަށް ވަރުގަދަ ބޭފުޅެއް ކަމަށެވެ.
އެ ބައްދަލުވުންތައް ކުރިއަށްގެންދިޔައިރު، ޖަމީލް ޕީޕީއެމްގެ ލީޑަރޝިޕާއި ގުޅިވަޑައިގަންނަވަން އުޅުއްވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އަދި އެކަމުގައި ޕީޕީއެމްގެ ކައުންސިލްގައިވެސް މަޝްވަރާކުރެވިފައިވެއެވެ.
ޖަމީލަކީ މިވަގުތު ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.