ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތެއް ހޯދަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ފުލުހުން ބުނީ މާލެ ލޯކަލްމާރުކޭޓު ސަރަޙައްދުން ފައިސާތަކެއް އާންމު ފަރާތަކުން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާތީ އެފައިސާތަކުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ. އަދި ފައިސާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މެއި 12 ވަނަ ދުވަހުގެ ވަގުތެއްގައިކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން އެ ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން އެދޭކަމަށް ފުލުހުން ބުންޏެވެ.
ރަމަޟާން މަހާއެކު ފައިސާ ފޭރުމާއި، ގެއްލުމުގެ މައްސަލަތައް އިތުރުވެފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.