Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 16:48
ޝަހީމް، އަދާލަތު ޕާޓީގެ އިސްވެރިންނާއެކު
ޝަހީމް، އަދާލަތު ޕާޓީގެ އިސްވެރިންނާއެކު
ގޫގުލް
އަދާލަތު ޕާޓީ
އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި
އިސްތިއުފާ ދޭން ވިސްނަވަމުންދާތާ ދެ އަހަރު
މިހާރު ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރަކަށް
ޚިޔާލު ތަފާތުވީ އެމްޑީޕީއާއެކު މަސައްކަތްކުރަން ފެށުމުން

އަދާލަތު ޕާޓީން ވަކިވުމަށް ވިސްނަވަމުން ގެންދަވާ ކަމަށް ވިދާޅުވިތާ، ދެ އަހަރެއްހާ ދުވަސް ފަހުން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

 

އަދާލަތު ޕާޓީން ވަކިވެވަޑައިގަތުމަށް ވިސްނަވަމުން ގެންދަވާ ކަމަށް ޝަހީމް އެންމެ ފުރަތަމަ ވިދާޅުވީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އެމްޑީޕީއާއެކު އަދާލަތު ޕާޓީން މަސައްކަތް ކުރަން ފެށުމުންނެވެ.

 

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި މިހާރު ހުންނެވި ޝަހީމް އޭނާގެ ފޭސްބުކްގައި ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ދެތިން އަހަރެއްގެ ޚިޔާލު ތަފާތުވުމަށް ފަހު ރަސްމީކޮށް އަދާލަތު ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށެވެ.

 

އަދާލަތު ޕާޓީގެ ދަފްތަރުން ޝަހީމްގެ ނަން އުނިކޮށް ދިނުމަށް އެދި، އެ ޕާޓީއަށް ސިޓީ ފޮނުއްވީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

 

ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީން ވަކިވި ނަމަވެސް އެ ޕާޓީގެ އެއްވެސް ފަރާތަކާ މެދު ހިތުގައި ނުތަނަވަސްކަމެއް ނުބާއްވަވާނެ ކަމަށެވެ.

 

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲއާ ޚިޔާލު ތަފާތުވެގެން އަދާލަތު ޕާޓީއާ ދުރަށް ވަޑައިގެން ހުންނެވުމަށް ފަހު އެ ޕާޓީން ޝަހީމް ވަކިވެވަޑައިގެންނެވި އިރު، އޭނާއަކީ އެ ޕާޓީގެ އެއް މުއައްސިސެވެ. ޝަހީމް ވަނީ އެ ޕާޓީގެ އިސް މަގާމުތަކެއް އަދާކުރައްވާފަ އެވެ.

 

އިސްލާމިކް މިނިސްޓަރުގެ މަގާމުން ޝަހީމް އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރު އެވެ. މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުން އަދާލަތު ޕާޓީން ޝަހީމަށް މަރުހަބާ ކިޔެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް