ކ. މާލެ
|
15 މެއި 2019 | ބުދަ 17:09
ޕީޕީއެމް ކޮންގްރެސް
ޕީޕީއެމް ކޮންގްރެސް
ރާއްޖެ އެމްވީ
ޕީޕީޢެމް
މުއްދަތު ހަމަވިފަހުން ޕީޕީއެމްގެ އަހަރީ ރިޕޯޓް ހުށަހަޅައިފި
ޕީޕީއެމްގެ އަހަރީ ރިޕޯޓް ހުށަހަޅާފައިވަނީ ބުދަ ދުވަހު

ސިޔާސީ ޕާޓީ ތަކުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އަހަރީ ރިޕޯޓް ހުށަހަޅައިފި އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ޕީޕީއެމްގެ އަހަރީ ރިޕޯޓް ހުށަހަޅާފައިވަނީ ބުދަ ދުވަހު ކަމަށެވެ.

އަދި ސިޔާސީ ޕާޓީ ތަކުގެ އަހަރީ ރިޕޯޓް ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ތިން މަސް ނިމުމުގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށާއި ނަމަވެސް ޕީޕީއެމް އިން އަހަރީ ރިޕޯޓް ހުށަހަޅާފައިވަނީ އެ މުއްދަތު ހަމަވިފަހުން ކަމަށެވެ.

އެހެން ކަމުން އެޕާޓީ އާއި މެދު ފިޔަވަޅު އަޅާނެ ކަމަށާއި އަޅާނެ ފިޔަވަޅެއް ނިންމާނީ ބުރާސްފަތި ދުވަހު ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މުއްދަތު ހަމަވިއިރު އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ވެސް ހުށަހަޅާފައި ނުވާ އަނެއް ދެޕާޓީ އަކީ އަދާލަތު ޕާޓީ އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ކަމަށެވެ.  އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚާކީ މިމަމަހުގެ ނުވަވަނަ ދުވަހެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ މީލާދީ އަހަރެއް ނިމޭތާ 90 ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓު ކުރުމަށް ފަހު އެ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

 

- ކޮމެންޓް