Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 16:28
ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗް ކުރުމުގެ ހަފްލާގެ ތެރެއިން
ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗް ކުރުމުގެ ހަފްލާގެ ތެރެއިން
ޕޮލިސް
ޕޮލިސް
ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި
ކެމްޕެއިން ލޯންޗްކޮށްފައި ވަނީ ހަ ފަރާތަކާ ގުޅިގެން

މުޖުތަމަޢުއިން ކުށް މަދު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް ސާވިސްގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ދަށުން ކުށް މަދު ކުރުމަށްޓަކައި "ކްރައިމް ޕްރިވެންޝަން ކެމްޕެއިން" ނަމުގައި ކެމްޕެއިނެއް ލޯންޗްކޮށްފިއެވެ.

ޕޮލިސް ސާވިސްގެ ފަރާތުން އާދީއްތަ ދުވަހު "ކްރައިމް ޕްރިވެންޝަން ކެމްޕެއިން" ލޯންޗްކޮށްފައި ވަނީ އެސްޓީއޯ އާއި ދިރާގާއި، އެލައިޑް އާއި މެޕްސް ކޮލެޖާއި ޓާނިންގް ސްޓޯންގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ.

މި ކެމްޕްއިން ކުރިއަށް ގެންދިއުމަށްޓަކައި މި ފަރާތްތަކާ އެކު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. ފުލުހުންގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފްއެވެ. ކުންފުނިތަކުގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެ ކުންފުނިތަކުގެ އިސްވެރިންނެވެ.

ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމީއްޔާތުގައި ވަނީ މިދިޔަ އަހަރާއި އަދި މިއަހަރު ކުށް މަދު ކުރުމަށްޓަކައި ރާއްޖޭގެ އެކިއެކި ސަރަހައްދުގައި ފުލުހުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް