އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ފްރާންސްގެ ސަފީރު އެރިކް ލަވާތޫ އާއި އިކޮނޮމިކް ކައުންސެލަރ ހާވޭ ސާނެއްލީ ބައްދަލު ކުރައްވައިފިއެވެ.
ބުދަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި މަޝަވަރާކޮށްފައި ވަނީ ވިޔާފާރި އާއި އިގްތިސާދީ ތަރައްގީގައި ދެ ގައުމު ގުޅިގެން ކުރިއަށް ދެވިދާނެ ދާއިރާތަކާ ބެހޭ ގޮތުންނެވެ.
The French Ambassador to Maldives and Sri Lanka, His Excellency Eric Lavertu, Economic Councellor Herve' Sarnelli, met with Minister of Economic Development Honorable Fayyaz Ismail and discussed on areas of closer economic and developmental cooperation between the countries. pic.twitter.com/CUATULkKEZ
— Economy & Trade (@EconDevMv) May 14, 2019
މީގެ އިތުރުން ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ މާރކެޓް ރެގިއުލޭޝަންސް އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އަންގާރަ ދުވަހު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.
މި އެމްއޯޔޫގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި ސްޓޭންޑަރސް އަދި ކޮންސިއުމަރ ޕްރޮޓެކްޝަންގެ ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި އެހީތެރިކަމާ އެއްބާރުލުން ދިނުމާއި ބެހޭ މަސައްކަތްތަކެއް ކުރެވިގެން ދާނެއެވެ. އަދި މި އެމްއޯޔޫގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށްޓަކައި މަތީފަންތީގެ ބައްދަލުވުންތަކެއް ވެސް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.