Advertisement
ކ. މާލެ
|
14 މެއި 2019 | އަންގާރަ 19:54
ގެއްލުންދީފައިވާ ކަމަށް ބެލެވޭ އުޅަނދެއް
ގެއްލުންދީފައިވާ ކަމަށް ބެލެވޭ އުޅަނދެއް
ބީބީސީ
އުޅަނދުތަކަށް ގެއްލުންދިން ހާދިސާ
ޔޫއޭއީ ކައިރިން ދަތުރުކުރަމުން ދިޔަ ކަނޑު އުޅަނދުތަކަށް ގެއްލުންދިން ހާދިސާ ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާގައި ހަތަރު ކޮމާޝަލް އުޅަނދަކަށް ވަނީ ގެއްލުންދީފައި
އެމެރިކާ އިން ތުހުމަތުކޮށްފައިވާ ގޮތުގައި މި ހަމަލާތައް ދީފައިވަނީ އިރާނުން

ޔޫއޭއީގެ އައްސޭރިފަށާއި ކައިރިން ގަލްފް އޮމާންގައި ދަތުރުކުރަމުންދިޔަ ކަނޑު އުޅަނދުތަކަށް ގެއްލުންދިން ހާދިސާ ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ޔޫއޭއީ އާއެކުގައިވާ ކަމަށާއި މިނިވަންކަމާއެކު ކަނޑު ދަތުރުފަތުރު ކުރުމަށް ހުރަސް އެޅޭނެ، އުޅަނދުތަކުގެ ސަލާމަތަށް ހުރަސް އެޅޭނެ އެންމެހާ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.  

ދިވެހި ސަރުކާރުން ވަނީ ބައިނަލައްޤުވާމީ މުޖުތަމައު އިން ޒިންމާ ނެގުމަށާއި ކަނޑު ދަތުރުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ އިތުރުން ބައިނަލައްޤުވާމީ ރައްކާތެރިކަމަށާއި ހަމަޖެހުމަށް ހުރަސް އަޅާ ކަންތައްތަކާއި ކުރިމަތިލުމަށް ބައިނަލައްޤުވާމީ މުޖުތަމައު އަށް ގޮވާލާފައެވެ.

އާދިއްތަ ދުވަހު ދިން މި ހަމަލާގައި ހަތަރު ކޮމާޝަލް އުޅަނދަކަށް ވަނީ ގެއްލުންދީފައެވެ. މި ހަމަލާ ޔޫއޭއީ ސަރުކާރުންނާއި ސައުދީ ސަރުކާރުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

އެމެރިކާ އިން ތުހުމަތު ކޮށްފައިވާ ގޮތުގައި މި ހަމަލާތައް ދީފައިވަނީ އިރާނުންނެވެ.

 

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް