ޕާކިސްތާނުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ކީޓާގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން އަންގާރަ ދުވަހު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ހަމަލާއާ ގުޅިގެން ރާއްޖެއިން ކަންބޮޑުވާ ކަމަށާއި އެކަހަލަ ޓެރަރިސްޓް ހަމަލާތައް ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
މި ހަމަލާގައި ސައިކަލެއްގައި ހަރުކޮށްފައި ހުރި ބޮމެއް ގޮވުމުގެ ސަބަބުން ފުލުހުން ހަތަރު މީހުން ވަނީ މަރުވެފައެވެ. އަދި 11 މީހަކު ވަނީ ޒަހަމްވެފައެވެ.
ބޮން ހަރުކޮށްފައިވާ ސައިކަލު ކީޓާގެ މިސްކިތެއްގެ ގޮއްވާލާފައިވާއިރު މިއީ ފުލުހުންގެ ވެހިކަލަށް އަމާޒުކޮށްދިން ހަމަލާއެއް ކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރެއެވެ.
ބޮމުގެ ހަމަލާގައި ޒަހަމްވި 11 މީހުންގެ ތެރޭގައި ފުލުހުންގެ ދެމީހަކު ވެސް ހިމެނޭ ކަމަށާއި ގޮއްވާލާފައިވަނީ ސައިކަލުގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ކަމަށް ކީޓާގެ ފުލުހުންގެ ވެރިޔާ އަބްދުލް ރައްޒާގު ޝީމާ ވިދާޅުވެފައިވާ ކަމަށް ނޫސްތަކުގައިވެއެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.