Advertisement
ކ. މާލެ
|
14 މެއި 2019 | އަންގާރަ 15:10
އޭޕްރީލް މަހު ހަތް މީހަކު ވަނީ އިންފުލުއެންޒާ އަށް ޕޮސިޓިވް ވެފައި
އޭޕްރީލް މަހު ހަތް މީހަކު ވަނީ އިންފުލުއެންޒާ އަށް ޕޮސިޓިވް ވެފައި
މިނިވަން ނޫސް
އެޗްޕީއޭ
މިއަހަރުގެ މާޗް މަހުން އެޕްރީލް މަހުގެ ނިޔަލަށް 509 ޑެންގީ ކޭސް!
މި އަހަރުގެ ޖެނުއަރީ އިން އޭޕްރީލް މަހުގެ ނިޔަލަށް ޑެންގީ ޖެހިގެން ރިޕޯޓް ކުރި ކޭސްތައް ގިނަ
މި އަހަރުގެ މިހާތަނަށް ޑެންގީގެ 1957 ކޭސް ރިޕޯޓް ކޮށްފައިވޭ

މި އަހަރުގެ މާޗް މަހުން އެޕްރީލް މަހުގެ ނިޔަލަށް 509 މީހަކު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ( އެޗްޕީއޭ) ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި އަދަދަކީ ވޭތުވެ ދިޔަ އަހަރުތަކުގެ ޖެނުއަރީ އިން އޭޕްރީލް މަހުގެ ނިޔަލަށް ޑެންގީ ޖެހުނު މިންވަރާ ބަލާއިރު ގިނަ އަދަދެއް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖޭގެ އާއްމު ބަލިތަކުގެ ހާލަތު ދެނެގަތުމަށް އެޗްޕީއޭ އިން ހެދި ސާރވޭ ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޑެންގީގެ 1957 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މާޗް މަހު ޑެންގީ ޖެހިގެން 466 ކޭސް ރިޕޯޓް ކޮށްފައިވާއިރު އޭޕްރީލް މަހު 509 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން މާޗު ފަހު ހަފްތާގައި 120 ކޭސް، އޭޕްރީލް ފަހު ހަފްތާގައި 122 ކޭސް ރިޕޯޓްކޮށްފައި ވެއެވެ.

ޗިކުންގުންޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެފަހުން ރާއްޖޭގައި ޗިކުންގުންޔާ ގެ އައުޓްބްރޭކެއް އައިސްފައި ވަނީ 2006 ވަނައަހަރުއެވެއަދި އޭގެ ފަހުން ވަރަށް މަދުން ކޭސްތައް ރިޕޯރޓް ކުރެވިފައި ވީ ނަމަވެސް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 846 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތާފާސް ހިސާބުތަކުން ދައްކައެވެ.

މާރޗު މަހާ އަޅާ ބަލާ އިރު އޭޕްރީލް މަހު ޗިކަންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ. ވޭތުވެދިޔަ އަހަރު ތަކުގެ މި ދުވަސްވަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯރޓްކޮށްފައިވާ އަދަދު މަދު ކަމަށް އެޗްޕީއެގެ ތަފާސް ހިސާބުތަކުން ދައްކައެެވެ.

އިންފްލުއެންޒާއަށް ޓެސްޓްކުރެވެނީ ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ތެރެއިން ބަލި ބޮޑުވެ އެނދުމަތި ކުރެވިފައިވާ ފަރާތްތަކެވެ. ފާއިތުވެ ދިޔަ 2 އަހަރުގެ މިދުވަސްވަރު އަރިދަފުސް ރޯގާގެ އެކި ވައްތަރުތައް، ޙާއްސަކޮށް އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ގިނަކަމަށް ވާތީ އަރިދަފުސް ރޯގާ އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމެވެ.

އޭޕްރީލް މަހު 109 މީހުން އިންފްލުއެންޒާ އަށް ޓެސްޓް ކުރެވުނުއިރު ހަތް މީހަކު ވަނީ ޕޮސިޓިވްވެފައެވެ. އެޗްޕީއޭ އިން ބުނީ މިއަހަރުގެ މިހާތަނަށް 358 މީހަކު އިންފްލުއެންޒާ އަށް ޓެސްޓު ކުރެވު 26 މީހަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް