ރާއްޖޭގެ ރަށެއްގައި 15 އަހަރުގެ ފުރާވަރު ކުއްޖަކު ވިހެއި ދަރިފުޅު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ފުރާވަރު ކުއްޖަކު ބަލިވެ އިނދެ، ވިހައިގެން އުޅޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު 7:10 ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން އިލްތިމާސްކޮށްފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާތީ ފުރާވަރު އަންހެން ކުއްޖާގެ ވަނަވަރު ސިއްރު ކޮށްދިނުމަށެވެ.