ކުރިން ދިވެހި ފިލްމުތަކާއި ޑްރާމާތަކުގެ ހެއްވާ މަޖާ ރޯލުތަކުން ފެނުނު އެކްޓަރު މއ. ސީރިޔަޒް، ހާރޫން އަހުމަދު (ޖޮނީ) މަރުވެއްޖެއެވެ.
ހާރޫންގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ ހޯމަ ދުވަހުގެ ރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
އުމުރުން 72 އަހަރުގެ ހާރޫން ވަނީ ޔޫސުފް ރަފީއު (ޔޫސޭ) ގެ ހެއްވާ މަޖާ ފިލްމުތައް ކުޅެފައެވެ.
ޖޮނީގެ ނަމުން ހާރޫން މަޝްހޫރުވީ ހިންދީ ފިލްމުތަކުގައި ހެއްވާ މަޖާ ރޯލުން ފެންނަ ޖޮނީ ލެވާގެ ރޯލްތަކުން ފެންނާތީއެވެ.
ފިލްމު ކުޅުމުގެ އިތުރުން ހާރޫން ވަނީ ދިގު މުއްދަތަކަށް ސަރުކާރުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކޮށްފައެވެ.