ބަނގުރާފުޅި ތަކަކާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅި ތަކަކާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ރޭ 03:52 ހާއިރު ހުޅުމާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް، ހުޅުމާލޭ ފަޅުގައި އޮތް ޑިންގީއަކުން އެއްޗިހިތަކެއް ބާލައިގެން ޓެކްސީއަކަށް އަރުވަގެން ދަނިކޮށް އެޓެކްސީ ހުއްޓުވައި ބަލައިފާސްކުރި އިރު 60 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މިއޮޕަރޭޝަންގައި، އެ ޓެކްސީގައި ތިބި ދެމީހުންގެ ތެރެއިން 39 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު ޓެކްސީ ދުއްވަން އިން ދިވެހި ޑްރައިވަރު ވަނީ ފިލާފައެވެ.
މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.