ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރުމޭނިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ބުކަރެސްޓުން ފުރާވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅުގައި ވިޔަފާރި، ތައުލީމް، ފަތުރުވެރިކަން، ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް އަދި ދިފާއި ކަންކަމުގައި ވާގިވެރިވުމުގެ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.
މިނިސްޓަރ ޝާހިދުގެ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ އިސް ފަރާތްތަކާއި ބައެއް މުއައްސަސާތަކުގެ އިސް ފަރާތްތަކާއި ބައްދަލު ކުރައްވާފައިވެއެވެ. އެގޮތުން ހުކުރު ދުވަހު ޝާހިދު ވަނީ އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަނާ ބާކޯލްއާ ބައްދަލުކުރައްވާ، ދެ ގައުމުގެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.
Foreign Minister Abdulla Shahid signs a Memorandum of Understanding between the Foreign Ministries of the #Maldives and #Romania for the establishment of a consultation and cooperation mechanism.@MAERomania pic.twitter.com/s4C4hcxXWN
— MFA Maldives (@MDVForeign) May 10, 2019
ރުމޭނިއާގެ ހާރިޖީ ވަޒީރު ޓިއޯޑޯ މެލެސްކާނޫއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ހާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް "ކޮންސަލްޓޭޝަން އެންޑް ކޯޕަރޭޝަން މެކެނިޒަމް" އެއް ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެއެވެ. ހާރިޖީ ވަޒީރު މެލެސްކާނުގެ އިތުރުން އެ ގައުމުގެ ސެކްޓްރީ އޮފް ސްޓޭޓް، މިނިސްޓްރީ އޮފް އިންޓާނަލް އެފެއަރޒް ރާއިދް އަރަފާތާ އެކުވެސް ޝާހިދު ބައްދަލު ކުރައްވާފައިވެއެވެ.
Minister of Foreign Affairs Abdulla Shahid meets Raed Arafat, Secretary of State, Head of Emergency Situations of the Ministry of Internal Affairs of Romania
— MFA Maldives (@MDVForeign) May 10, 2019
Press Releasehttps://t.co/ozOyEeSYRM pic.twitter.com/isDuD4tozI
މީގެ އިތުރުން އެ ގައުމުގެ ސެކެޓްރީ އޮފް ސްޓޭތް ފޯ ބިޒްނަސް އެންވާރަމަންޓް މިކެއިލާ ވޮއިސިލާއާ އެކު ވިޔަފާރީގެ ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އެ ބައްދަލުކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ ރުމޭނިއާގެ ވިޔަފާރިވެރިން ރާއްޖެއާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުމުން އުފާކުރައްވާ ކަމަށެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ރުމޭނިއާގެ މުސްލިމް ޖަމާއަތުގެ އެންމެ އިސްފަރާތް ކަމުގައިވާ ގްރޭންޑް މުފްތީ ޔޫސުފް މުއްރަތު ރޯދަވީއްލަން ދެއްވި ދައުވަތެއްގައި ބައިވެރިވެވަޑައިގެންފައިވެއެވެ. ރުމޭނިއާގެ ވެރިރަށް ބުކަރެސްޓްގައި ހުންނަ ހަންޗިއަރ - ކެރޮލް 1 (އެކެއް) މިސްކިތުގެ ޖަމާއަތުގައި ޝާހިދު މަގްރިބް ނަމާދު ކުރައްވާފައިވާ އިރު، މި ބައްދަލުވުމުގައި ބުކަރެސްޓުގައި ދިރިއުޅޭ ބައެއް މުސްލިމުން ބައިވެރިވިއެވެ.
Grand Mufti and Head of the Muslim Community in #Romania, Mr. Iusuf Muurat hosted an iftar today in honour of the Foreign Minister @abdulla_shahid at the Hunchiar – Carol I Mosque in Bucharest@MAERomania pic.twitter.com/EBc7CcAmum
— MFA Maldives (@MDVForeign) May 12, 2019
ހޯމަ ދުވަހު ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރ ޝާހިދު އެ ގައުމުގެ ޑިޕްލޮމެޓިކް އިންސްޓްޓިއުޓް އޮފް ރުމޭނިއާގެ ޑިރެކްޓަރ ޖެނެރަލް ޑޭން ޕީޓަރ އަދި ރުމޭނިއާގެ އިންޓެލިޖެންސް ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ކްރިސްޓިއަން ބިޒަޑީއާ ބައްދަލުކުރެއްވިއެވެ. ބިޒަޑީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި މެދުގައިއާއި، ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.
Foreign Minister Abdulla Shahid meets General Cristian Bizadea, Deputy Director of #Romanian Intelligence Service and discussed ways of strengthening the work to support cooperation in the field of counter terrorism and security. pic.twitter.com/QZloFYlQFz
— MFA Maldives (@MDVForeign) May 13, 2019
ދިވެހިރާއްޖެއާއި ރުމޭނިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ، މި އަހަރު 40 އަހަރު ފުރޭނެއެވެ. މިނިސްޓަރ ޝާހިދު ރުމޭނިއާއަށް ވަޑައިގެންނެވީ އެ ގައުމުގެ ހާރިޖީ ވަޒީރު މެލެސްކާނޫ ދެއްވި ދައުވަތަކަށެވެ.