މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަން ކ. މާފުށީ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.
ހޯދަ ދުވަހު މާފުށީގައި ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި ކުނި މެނޭޖް ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލްގެ ނައިބް ރައީސާ ނަޝީދާ އާދަމް ވިދާޅުވީ ކުނި މެނޭޖް ކުރުމަށް މިހާރު ބޭނުން ކުރެވޭ ވަސީލަތްތަކާއި ގުޅޭ ގޮތުންނާއި އިތުރަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގެ މާފުށީ ކައުންސިލްގެ މެންބަރުނާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ހިންގަމުންދާ ރަށެކެވެ. އެރަށަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތް ކުރެއެވެ.