Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 14:06
އިންތިހާބުގައި މީހަކު ވޯޓްލަނީ
އިންތިހާބުގައި މީހަކު ވޯޓްލަނީ
ކައުންސިލް އިންތިހާބު
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
ކައުންސިލް އިންތިހާބު އެޕްރީލް 15 ގައި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަމުން އަންނަތާ ހަ އަހަރު ފުރުނުއިރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލް އިންތިހާބް ބާއްވަން ޖެހޭ މުއްދަތަށް އިއްތިހާބު ނުބޭއްވި ކައުންސިލްތަކުގެ ދައުރު ހޯމަ ދުވަހަށް ހަމަވެއްޖެއެވެ.

ދިވެހިރާޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު ބުނާ ގޮތުން 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިންތިހާބު ކުރެވުނު ކައުންސިލްތަކުގެ ދައުރު މިއަހަރުގެ ފެބްރުއަމީ މަހު ހަމަވާނެއެވެ. އަދި ގާނޫނު ބުނާ ގޮތުން އަލަށް ކައުންސިލްތަކަށް އިންތިހާބުވާ ކައުންސިލަރުން ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ހުވާ ކުރަން ޖެހޭނެއެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނެފައިވާ ގޮތަށް މިއަހަރުގެ ކައުންސިލް އިންތިހާބު ބާއްވާފައި ނުވަނީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ކައުންސިލް އިންތިހާބު ފަސްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. ސިވިލް ކޯޓުގެ ޙުކުމުގައި ވަނީ އިންތިޙާބު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައެޅި 14 ޖެނުއަރީން ފެށިގެން ދެމަސް ދުވަހުގެ މުއްދަތެއް ލިބޭނެ ތާރީޙެއްގައި ލޯކަލް ކައުންސިލް އިންތިޙާބު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ޙުކުމްކުރާ ކަމަށެވެ. އަދި އެގޮތަށް ހުކުމް ކުރީ އިންތިހާބް ފަސްނުކޮށްފި ނަމަ ޕީޕީއެމް އަށް ލިބިދާނެ ގެއްލުމެއްގެ ސަބަބުން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ސިވިލް ކޯޓުގެ މި އަމުރާ ގުޅިގެން ކައުންސިލް އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ އެޕްރީލް މަހުގެ 8 ވަނަ ދުވަހު އަދި އެ ދުވަހު އިންތިހާބު ބޭއްވުމަށް އިއުލާންކުރީ ކުރިން އިންތިހާބުގައި ވާދަ ކުރަން ފޯމުން ހުށަހެޅި ހުރިހާ ފަރާތްތަކުގެ ކެންޑިޑޭސީ ބާތިލް ކުރުމަށް ފަހު އެވެ. އަދި އޭގެ ފަހުން ސްކޫލްތަކުގެ މަގާމުތަކަށް ދަރިވަރުން ހޮވުމަށް އިންތިހާބުތައް ބާއްވާތީ ސްކޫލްތައް ލިބެން ނެތް ކަމަށް ބުނެ މިހާރު އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އެޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް