ދަރުބާރުގެ ކައިރިގައި ހިނގި އެކްސިޑެންޓްގައި ޒުވާނެއްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ
ފުލުހުން ބުނީ އާދިއްތަ ދުވަހުގެ ހަވީރު 04:31 އެހާކަންހާއިރު ދަރުބާރުގެ ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި އެއްސައިކަލުގައި ދުއްވަން އިން 22 އަހަރުގެ ޒުވާނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށާއި އެ ސައިކަލު ފަހަތުގައި އިން 8 އަހަރުގެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
އަނެއް ސައިކަލުގައި އިން 23 އަހަރުގެ ޒުވާނާގެ ހާލު ވެސް ރަނގަޅު ކަމަށާއި ދެމީހުންގެ އަތުގައި ވެސް ލައިސަންސް އޮންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަނިޔާ ލިބުނު ޒުވާނާއަށްް އައިޖީއެމްއެޗްގައި ފަރުވާދެމުން ދާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.