Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 07:52
ގެއްލިގެން ހޯދަމުން ދިޔަ "ބުލޫ ފިޝް 1" ދޯނި
ގެއްލިގެން ހޯދަމުން ދިޔަ "ބުލޫ ފިޝް 1" ދޯނި
ޓްވިޓަރ
ގެއްލުނު ދޯނި ފެނުން
ގެއްލިގެން ހޯދަމުން ދިޔަ ކަންނެލި ދޯނި ފެނިއްޖެ
ދޯންޔައް ގުޅުނީ ހޯމަ ދުވަހުގެ ރޭ ދަންވަރު
ދޯނި މިހާރު ދަނީ މާލެ އާއި ދިމާލަށް ދަތުރު ކުރަމުން

 ހުކުރު ދުވަހުން ފެށިގެން ހަބަރެއް ނުވެ ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ކަންނެލި ދޯނި ފެނިއްޖެ އެވެ. 

އެމްއެންޑިއެފުން ބުނި ގޮތުގައި 14 މީހުންނާއެކު ކަންނެލި މަސްވެރިކަމަށް ނުކުތް "ބްލޫ ފިޝް" ދޯންޏާ ގުޅުނީ ހޯމަ ދުވަހުގެ ރޭ ދަންވަރު 1:40 ކަންހާއިރު ކަމަށެވެ. 

ދެ ދުވަސް ފަހުން ބްލޫ ފިޝް ދޯނި މި ފެނުނީ އެ ދޯނި ހޯދުމަށް އަވައްޓެރި ސްރީ ލަންކާ އާއި އިންޑިއާގެ ކޯސްޓްގާޑުގެ އެހީތެރިކަމަށް އެމްއެންޑީއެފުން އެދިފައި ވަނިކޮށެވެ.

މިހާރު މި ދޯނި އޮތީ ހުޅުމާލޭ ފަޅުގަ އެވެ. 

ދޯނީގެ ކެޕްޓަން މުހައްމަދު ވަހީދު ރާއްޖެއެމްވީއަށް ބުނި ގޮތުގައި އެ ދޯންޏާ މުވާސަލާތީ ގުޅުން ކެނޑުނީ، ރާއްޖޭގެ އުތުރުން ގާތްގަނޑަކަށް 140 މޭލެއްހާ ބޭރަށް ދޯނި ނުކުތުމުން ކަމަށެވެ. އެ ދޯނި ކަންނެލި ބާނަމުން ދިޔައީ އެހާ ބޭރުން ކަމަށާއި ހުކުރު ދުވަހުން ފެށިގެން ރޭ މެންދަމު 1:00 އާ ހަމައަށް އެއްވެސް ފަރާތަކާ ގުޅޭ ގޮތް ނުވީ އެ ސަރަހައްދަށް ރޭންޖް ނުލިބޭތީ ކަމަށެވެ. 

"އަޅިގަނޑުމެން އުޅުނީ ހުކުރު ދުވަހު މާލެ އައުމަށް. ނަމަވެސް ކަންނެލި އައިނެއްގައި ޖެހިގެން އާދެވޭ ގޮތް  ނުވީ،" ވަހީދު ބުންޏެވެ. 

މި ދޯނީގައި ސެޓްލައިޓް ފޯނެއް ނޯންނަ ކަމަށް އޭނާ ބުންޏެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް