ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަ ދެކުދިންނަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހުކުރު ދުވަހުގެ 15:03 ހާއިރު ދެސައިކަލު ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގާފައިވަނީ ނިރޮޅިމަގު ވެލިގާ ހާޑްވެއަރ ކައިރިން ދެކުނުން އުތުރަށް ދުއްވާފައިދިޔަ ޕިއްޒާ ބޯނާ ޑެލިވަރީ ސައިކަލެއްގެ ފަހަތުން ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ މިސައިކަލު ދުއްވަން އިނީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި، ފަހަތުގައި އިނީ 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓްގައި ކުޑަ ދެކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާގެ ކުއްޖާގެ ކަނާއަތުގެ ކަށި އިނގިލީގެ ހުޅުމަތިންނާ ވާތު އޮޅުބޮށި ކައިރިން މަށާގެން ގޮސްފައިވާ ކަމަށާއި، 17 އަހަރުގެ ކުއްޖާގެ ވާތު އޮޅަބޮއްޓާ ކަނާއަތު ކުޑަހުޅުމަތިންނާ މޫނުގެގެ ދެތަންކޮޅު މަށާގެން ގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ 17 އަހަރުގެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލްގެ އޮބްޒަވޭޝަންގައި 4 ގަޑިއިރަށް ބާއްވާ ފަރުވާ ދީފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.