Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 04:33
އިންޑިޔާގެ ބޯޓެއް ބަންޑުން ޖަހާލުމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ
އިންޑިޔާގެ ބޯޓެއް ބަންޑުން ޖަހާލުމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ
ގޫގުލް
ބޯޓެއް ބަންޑުން ޖަހާލުން
އިންޑިޔާ ބޯޓެއް ބަންޑުން ޖަހާލާ 9 މީހުން މަރުވެއްޖެ
މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ

ފަތުރުވެރިން ތަކެއް ގޮވައިގެން މަހަށް ނިކުމެ އުޅުނު މަސްބޯޓެއް ބޭއޮފް ބެންގޯގެ ޓެމިލްނާޑޫ ކަނޑަށް ބަންޑުން ޖަހާލުމުގެ ސަބަބުން 9 މީހުން މަރުވެއްޖެއެވެ. ބޯޓުން ސަލާމަތްވިކަން މިހާތަނަށް ކަށަވަރު ވެފައިވަނީ 17 މީހުންނެވެ.

ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ޓުޓިކޮރިންގެ މަނައްޕަޑޫ  ސަރަހައްދުގައި ހިނގި މިހާދިސާ މިހާރު ގެންދަނީ ތަހުގީގް ކުރަމުންނެވެ.

ޑިސްޓްރިކްޓް ކަލެކްޓަރ އެމް. ރަވީ ކުމާރ ވިދާޅުވީ މިއީ ތިރުޗެންދޫރގެ ތިން އާއިލާއަކުން ހިފާފައިވާ ބޯޓެއް ކަމަށާ ސަލާމަތް ކުރެވުނު މީހުން އެއަވަށުގެ އަމިއްލަ ހޮސްޕިޓަލްތަކާއި ސަރުކާރު ހޮސްޕިޓަލަތަކުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންދާކަމަށެވެ.

އުފުލުން ހުއްދަ މިންވަރަށްވުރެ އިތުރަށް މީހުން އުފުލުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ކުމާރު ވިދާޅުވީ އެއްޗެއް ހާމަ ކުރެއްވޭނީ ތަހުގީގަށް ފަހު ކަމަށެވެ.

ޓެމިލް ނާޑޫގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ބުނީ މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.

މިއީ 2011 ވަނަ އަހަރުގެ ޑިސެމްބަރ 25 ވަނަ ދުވަހު ޕުލިކެތް ކޯރުގައި ބޯޓެއް ބަންޑުން ޖަހާލައިގެން 22 މީހުން މަރުވި ހާދިސާއަށްފަހު ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް